ގދ. ތިނަދޫގެ ގަރލްގައިޑްގެ ޔަންގ ލީޑަރސްގެ އިސްނެގުމާއިއެކު ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ކުޑަކުދިންގެ ހަވީރެއް ބާއްވައިިފިއެވެ. ތިނަދޫ ކުސީ ޕާކުގައި ބޭއްވި މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން ވިދާޅުވިއެވެ. ޖީޒާ ވިދާޅުވީ މި ހަވީރަކީ ނަސްރުގެ ދުވަހާ ގުޅިގެން ބާއްވަން ނިންމި ހަވީރެއްކަމަށެވެ. 300ވަރަކަށް ކުދިން މި ހަވީރުގައި ބައިވެރިވިކަމަށް ވިދާޅުވިއެވެ.

ހިތްވަރު ކުޑަކުދިންގެ ހަވީރުގެ ނަމުގައި ބޭއްވި މި ހަރަކާތުގައި ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ. ޕޮލިސް އަދި ކައުންސިލުގެވެސް އެހީތެރިކަމާއިއެކު ބޭއްވި މި ހަވީރުގައި ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ. ޖީޒާ ވިދާޅުވީ މިފަދަ އިތުރު ހަރަކާތްތައް އަދި ކުރިއަށްވެސް ރާވާފައިވާކަމަށެވެ.
advertisment
ހިޔާލު