ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ފައިނަލަށް އައްޑޫ ސިޓީގެ ހިރާ ސްކޫލް

ހިރާ ސްކޫލުގެ ދަރވަރުންނާއި ކްރޫ. ފޮޓޯ: ހިރާ ސްކޫލު

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ފައިނަލަށް އައްޑޫ ސިޓީގެ ހިރާ ސްކޫލް ހޮވިއްޖެއެވެ.

މިކަން ހާމަކޮށް އެ ސްކޫލުން ކޮށްފައިވާ ޓްވީޓުގައި ވާގޮތުން ގްލޯބަލް ހައި ސްކޫލު ކެޓަގަރީން ދެކުނު އޭޝިޔާ ސަރަހާއްދުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ފައިނަލަށް ހޮވިފައިވަނީ ހިރާ ސްކޫލެވެ.  އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ ހިރާ ސްކޫލަކީ ޤައުމީ މަންހަޖަށް ކިޔަވައިދޭ ޕްރައިވެޓް ސްކޫލެކެވެ. 2010ގައި ފެށި މި ސްކޫލަކީ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެކެވެ. 

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އިއުލާންކުރުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު، ދުބާއީގައެވެ.

ޔޫއޭއީގެ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދޭންފަށާފައިވަނީ 2008 އިން ފެށިގެންނެވެ. މި ޕްރައިޒް ދޭނީ ކަނޑައަޅާފައިވާ 5 ދާއިރާއަކުން ހޮވާލެވޭ ފަރާތްތަކަކަށެވެ.

2019ވަނަ  އަހަރު ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާޞިލުކުރެއްވި ދިހަ ފަރާތުގެ ތެރެއިން ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ އެވޯޑް ދެއްވާފައެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *