ހއ އުތީމު، ޣާޒީ ބަންޑާރައިން ސްކޫލަށް 35 އަހަރު ފުރުން އެ ސްކޫލުން މިއަދު ފާހަގަކުރަން ފަށައިފިއެވެ.
35 އަހަރުގެ ހަރަކާތްތައް ފެށީ ރޭ ފަތިސްނަމާދުންނެވެ. އެއަށްފަހު ދަރިވަރުންނާއި ސްޓާފުންނާއި ބެލެނިވެރިންގެ "ކޮޕީ" އެއް އެ ސްކޫލްގައި ވަނީ ބާއްވާފައެވެ.
35 ވަނަ އަހަރީ ދުވަހުގެ ހިނގާލުން އޮތީ އުތީމުގެ ބޮޑެތި މަގުތަކުގައެވެ.
ޣާޒީ ބަންޑާރައިން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ އިނާޔަތު ވިދާޅުވީ އަހަރީ ދުވަހާ ގުޅިގެން އެންމެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ޕްރިފެކްޓަރުން ރަސްމީ ކަންކަމުގައި ބޭނުންކުރާނެ ޔުނީފޯމް ތައާރަފުކޮށްފައިވާ ކަމަށެވެ.
" މީގެ ކުރިން ވަކި ޔުނީފޯމެއް ޕްރިފެކްޓަރުންނަށް ޚާއްޞަކޮށްފައެއް ނެތް. މިއަދަށްފަހު ޕްރިފެކްޓަރުން ރަސްމީ ކަންކަމުގައި ބޭނުންކުރާނެ ޔުނީފޯއް މި ތައާރަފު ކުރީ" ޕްރިންސިޕަލް
147 ދަރިވަރުން ކިޔަވަމުންދާ ޣާޒީ ބަންޑާރައިން ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ބޮޑުތަކުރާފާނުގެ ހަނދާނީ މަރުކަޒާއި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ކޭކް ފަޅާފައެވެ.
އެ ސްކޫލުން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން ކުރީގެ ދަރިވަރުންނާއި އެ ސްކޫލްގެ އިސް ދަރުވަރުންނާއި ސްޓާފުން ހިމެނޭހެން ފުޓްސަލްއާއި ހޭންޑް ބޯލް މެޗްތަކެއް ކުރިއަށް ގެންދަން ރާވާފައެވެ.
advertisment
ހިޔާލު