ނަޞްރުގެ ދުވަހާ ގުޅިގެން މަޑަވެލީގައި ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފި

ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން ގަދަ ފަހެއްގައި ހޮވުނު ދަރިވަރެއް؛ ފޮޓޯ/މަޑަވެލި ކައުންސިލް

ނަޞްރުދުވަހުގެ މުނާސަބަތުގައި ގދ. މަޑަވެލި ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން، ވާހަކަދެއްކުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ.

އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 13 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތާ ގުޅިގެން 'ދަރިވަރު' ނޫހަށް މަޢުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނައިބު ރައީސާ ފަޞީހާ ޝަފީޤް ވިދާޅުވީ، މި މުބާރާތަކީ ކުއްލި މަޢުޟޫތަކަށް ވާހަކަދައްކާގޮތަށް ފަރުމާކުރި މުބާރާތެއްކަމަށެވެ. މުބާރާތް ފެށުމުގެ ކުރިން ޤައުމީ ފެންވަރުގައި ވާހަކަދައްކާ ކުއްޖެއްގެ އެހީގައި،  މުބާރާތުގައި ބައިވެރިވި ކުދިންނަށް ތަމްރީން ދީފައިވާ ކަމަށްވެސް ނައިބު ރައީސާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު މަޤްސަދަކީ ޢަމަލީ މައިދާނަށް ނިކުންނައިރު މައުލޫމާތު އެނގުނު ކަމުގައިވިއަސް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަމްރީން ކޮށްދިނުން. ކޮލެޖުގެ މާހައަލުކަމުގައިވިއަސް އަދި މަސައްކަތު އިންޓަވިއުއަކަށްވިއަސް. މީގެ ބޭނުމަކީ ދަރިވަރުން ޕޯޑިއަމް ނުވަތަ ސްޓޭޖަކަށް ހޭނުން." -މަޑަވެލި ކައުންސިލް ނައިބު ރައީސާ

މުބާރާތުން 1 އަށް ހޮވިފައިވަނީ އާއިޝަތު ނަޒާ ނިޔާސް، 2 ވަނައަށް  ފާތިމަތު ސާޝާ ފަރުހަތު އަދި މުބާރާތުގެ 3 ވަނައަށް ހޮވިފައިވަނީ ލީމް އަހްމަދު ރާޒިޤް އެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން ވަނަ ލިބުނުދަރިވަރެއް
ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން ވަނަ ލިބުނުދަރިވަރެއް
ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން ވަނަ ލިބުނުދަރިވަރެއް

މި މުބާރާތުގައި އެންމެ މޮޅު 3 ދަރިވަރުން ހޮއްވާފައިވާއިރު ގަދަ 5 އަށްވެސް ދެ ކުދިން ހޮވާފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *