ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓް ކުރުމަށް މިއަދު ހެނދުނު ރަސްމިއްޔާތެއް ބާއްވައިފިއެވެ. ރާއްޖޭގެ 33 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިންގެ އިތުރުން ރިޓަޔާޑް ސިފައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ސިފައިންވަނީ ފަތިސް ނަމާދު ޖަމާއަތުގައިކޮށްފައެވެ. އެއަށްފަހު ޚާއްސަ ދުޢާއެއް ކޮށްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު 4:15 ގައި ވިކްޓްރީ ލެޕްގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 03 ދުވަހު ގައުމަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގްރޫޕެއްގެ އެހީގައި ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.
advertisment
ހިޔާލު