އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމަށް 9 ދަރިވަރަކު ކުރިމަތިލައިފިއެވެ.
މިމަގާމަށް ހޮވޭނީ އެމަގާމަށް ކުރިމަތިލީ ކުދިންގެ ތެރެއިންެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ދަރިވަރެކެވެ. ހަމައެއާއެކު ދެން އެންމެ ގިނަ ޕޮއިންޓްސް ލިބޭ އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކަށް ލިބިގެން ދާނީ ސްކޫލްގެ ވައިސް ކެޕްޓަންކަމެވެ. މި މަަމަގާމަށް ކުރިމަތިލީ ކުދިންނަށް ވޯޓުދީފައި ވަނީ ކިޔެވުމަށް 30 އިންސައްތަ، އިންޓަވިއު 30 އިންސައްތަ ސީނިއާ މެނޭޖްމަންޓް 30 އިންސައްތައެވެ. ސީނިއާޢ މެނޭޖަމަންޓްގެ ފަރާތުން މި ކުދިންނާއި އިންޓަވިއު ކުރިއަށް ދާނީ މިއަދުއެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލާފައި ވަނީ، ގްރޭޑް 10ޑީގެ ޝައިޚާން ޢަބްދުލް ފައްތާހު، 10ޑީގެ ޢަބްދުލް ސަލާމް، 10ބީގެ ސާރާ އަޙްމަދު ސަޢީދު، 10އޭގެ ޒަފާ މުޙައްމަދު، 10އީގެ މުޙައްމަދު ޒައިނުލްޢާބިދީން، 10ބީގެ އިޔާން ޢަލީ މޫސާ، 10ސީގެ އަމަތުﷲ ޝަރީފު، 10އެފްގެ އަޙްމަދު އަބާން، އަދި 10އޭގެ ޙައްވާ ރައިމް އަޙްމަދެވެ.
މީގެ އިތުރުން އަހުމަދިއްޔާ އިންޓަނެޝަނަލް ސްކޫލްގެ ސްޓޫޑަންޓް ކައުންސިލަށްވެސް ގިނަ ދަރިވަރުންތަކެއް ވަނީ ކުރިމަތިލާފައެވެ.
advertisment
ހިޔާލު