ނ. އަތޮޅު މަދަރުސާގެ ހޯލް އިމާރާތުގައި ނުނިމި ހުރި މަސައްކަތް ނިންމަން އަފާމީއަށް

މަނަދޫ ސްކޫލް
މަނަދޫ ސްކޫލްގެ ހޯލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އަފާމީއާއެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން: މި ހޯލުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މެދުތެރޭގައި ބޭނުން ކުރާނެ- ފޮޓޯ: އެޑިއުކޭޝަން

ނ. މަނަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ހޯލްގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން އަފާމީ މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން އަފާމީއިން އެއްބަސްވެފައިވާ ކަމަށެވެ. މި މަސައްކަތް ނިންމަން އެކުންފުނިން ހުށަހަޅާފައި ވަނީ 7.1 މިލިއަން ރުފިޔާއެވެ.

މަނަދޫ ސްކޫލްގައި 370 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *