ބާރަ ކުލާސްރޫމް ހިމެނޭ އާ އިމާރާތާއެކު ހއ. ބާރަށު ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފިއެވެ. އެ ސްކޫލުން ބުނީ މިއީ އުމްރާނީ ގޮތުން ބަލާއިރު، އެ ސްކޫލްގެ ތާރީޚުގައި ވެސް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. މިކަން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލްގައި ވަނީ ޚާއްޞާ އެސަމްބްލީއެއް ވެސް ބާއްވާފައެވެ.

ބާރަށު ސްކޫލްގައި 290 އެންހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމާއެކު އެ ސްކޫލްގެ އިތުރު ހަރަކާތްތައް ދަތި ކަމެއް ނެތި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެ ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލްގައި މީގެ ކުރިން ބޭނުންކުރީ އެންމެ އަށް ކުލާސްރޫމެވެ. އާ އިމާރާތް ބޭނުން ކުރަން ފެށީ އެ އިމާރާތުގެ ބިންގާ އެޅިތާ ނުވަ އަހަރު ފަހުންނެވެ. އެކި ފަހަރުމަތިން އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ މި އަހަރުގެ މާޗުމަހުގެ ތެރޭގައި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
advertisment
ހިޔާލު