ކޮނޑޭ ސުކޫލްގެ ދަރިވަރުންނަށް އެސްޓީއޯގެ އެހީތެރިކަމާއެކު ފެތުމުގެ ޕޮރޮގްރާމެއް

ސުކޫލް ޗުއްޓީއާއި ދިމާކޮށް ގއ.ކޮނޑޭ ސުކޫލްގައި ފެތުމުގެ ޕޮރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕޮރޮގްރާމަކީ އެ ސުކޫލްގެ ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ ދަރިވަރަކަށް ހެދުމަށްޓަކައި އެ ސުކޫލުން އިސްނަގައިގެން ގެންދާ ޕޮރޮގްރާމެކެވެ. މި ޕޮގްރާމްއަކީ "ލާންޓު ސްވިމް ވިތް ނައުފަލް" އާއި އެރަށު ކައުންސިލްއާއި ގުޅިގެން ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ.

މި ޕޮރޮގްރާމްގައި އެ ސުކޫލްގެ 35 ދަރިވަރަކު ބައިވެރިވެއެވެ. މި ޕޮރޮގްރާމް ކުރިއަށް ގެންގޮސްދޭ ނައުފަލްއަކީ މިދާއިރާގައި ގިނަގުނަ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ކޮނޑޭ ސުކޫލްއިން ދަރިވަރު އެމްވީއަށް މައުލޫމާތު ދެއްވަމުން އެސުކޫލްގެ ޓިޗަރ ކިނާނަތު ވިދާލުވީ މިއީ އެސްޓީއޯއާއި އެރަށު ކައުންސިލް އާއި ހެޔޮއެދޭ ބައެއް ފަރާތަތައް ގުޅިގެން ސުކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ.

އިއްޔެއިން ފެށިގެން 12 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕޮރޮގްރާމްގައި ފެތުމުގެ ތަފަތު ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށްް ކައުންސިލުންވަނީ ހާމަކޮށްފައެވެ. ސުކޫލް ޗުއްޓީއާއި ދިމާކޮށް ދަރިވަރުންނަށް މި ހިންގޭ ފެތުމުގެ ޕޮރޮގްރަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *