އައިޔޫއެމްގެ އެކްސެލެންސް އެވޯޑް ސާދާ އިބްރާހިމާއި އަލީ ރިލްވާނަށް

އިސްލާމިކް ޔުނިވަރސިޓީ
އިސްލާމިކް ޔުނިވަރސިޓީން ފާއިތުވި ދެ އަހަރު އެކްސެލެންސް އެވޯޑް ހޯދި ދެ ދަރިވަރުން

ފާއިތުވި ދެ އަހަރު، އިސްލާމިކް ޔުނިވަރސިޓީގެ އެކްސެލެންސް އެވޯޑް ލިބުނު ދަރިވަރުން ރޭ ހޮވައިފިއެވެ. 2019 ވަނަ އަހަރުގެ އެކްސެލެންސް އެވޯޑް ހޯދީ ބެޗްލާސް އޮފް އިސްލާމިކް ސްޓަޑީޒް ވިތް އޮނާސްއިން ހާޞިލް ކުރި، ނ. މާޅެންދޫ، ބިންމާގެ، ސާދާ އިބްރާހިމެވެ. 2020 ވަނަ އަހަރު މި އިނާމް ހޯދީ ބެޗްލާސް އޮފް ޓީޗިންގ ޤުރުއާނުން ދަސްވެނިވި އދ. މާމިގިނލީ ކަށިމާގެ، އަލީ ރިލްވާނެވެ.

އިސްލާމިކް ޔުނިވަރސިޓީގެ އެކްސެލެންސް އެވޯޑަކީ  ދަރިވަރުން ހޯދާ ނަތީޖާއިން އެ ޔުނިވަރސިޓީއަށް ހޯދައިދޭ ރީތި ނަމާއި ޝަރަފާއި އަދި އެ ދަރިވަރުގެ އިސްނެގުމުގެ ކުޅަދާނަ ކަމާއި ޔުނިވަރސިޓީގެ ތަފާތު ހަރަކާތްތަކާއި އިލްމީ ޕްރޮގްރާމްތަކުގައި ފާހަގަ ކުރެވޭ ދަރިވަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ. މި އިނާމް ހައްގުވާ ދަރިވަރުން ކަނޑައެޅުމަށްޓަކައި ދެފުށް ފެންނަ އިންސާފުވެރި މިންގަނޑަކުން ވަޒަންކުރާ ކަމަށާއި، އެ މިންގަނޑު ބިނާވަނީ ތައުލީމީ ރޮންގުން ދަރިވަރުން ހޯދާ މަތީ ދަރަޖައާއި ތަފާތު ހަރަކާތްތަކާއި އެ ދަރިވަރެއްގެ ފަރާތުންބައިނަލްއަގުވާމީ ފެންވަރުގައި ލިބޭ އެހީތެރިކަމާ އިސްނެގުމާއި ހުނަރުވެރިކަން ހުރި މިންވަރާ އަޚުލާގާއި ސުލޫކު މިނާ ވަޒަންކުރުމުގެ މައްޗަށް ކަމަށް އިސްލާމިކު ޔުނިވަރސިޓީން ބުނެއެވެ.

އިސްލާމިކް ޔުނިވަރސިޓީ
އައިޔޫއެމްގެ ދަސްވެނިވި ދަރިވަރުން: ފާއިތުވި ދެ އަހަރު 1300 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައި – ފޮޓޯ: އިސްލާމިކް ޔުނިވަރސިޓީ

 

ފާއިތުވި ދެ އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުން ވެސް ރޭ ވަނީ ހޮވާފައެވެ. އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވާ " ބެސްޓް ސްޓޫޑަންޓް އެވޯޑް" އަކީ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާތަކުން އުގައްނައިދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަތުގެ އޮނިގަނޑުގެ ލެވެލް  ފަހަކުން ނުވައެއް ހިމެނޭ ގޮތަށް، އެދެމެދުގެ އިލްމީ ޕްރޮގްރާމެއް ނިންމައި، ފުރިހަމަ ކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ ޕޮރޮގްރާމަކުން ވެސް ތައުލީމީ ރޮނގުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ދެވޭ ދަރިވަރުގެ ސީޖީޕީއޭ 3.65 ކަމުގައި ވާންޖެހޭއިރު، އަޚުލާގާއި ސުލޫކުގެ ރެކޯޑް ސާފުކޮށް އޮތުމާއެކު 90 އިންސައްތައަށްވުރެ މަތިން ހާޒިރިން ހޯދަންޖެހޭނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.

އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި 2019 ވަނަ އަހަރު ހަތް ދަރިވަރަކު ވަނީ ހޮވާފައެވެ. އެއީ

  • ހުސައިން ރުސްދީ، މާސްޓާސް އޮފް އާރޓްސް އިން ޤުރުއާނިކް ސައިންސް
  • ސާދާ އިބްރާހިމް، ބެޗްލާސް އޮފް އިސްލާމިކް ސްޓޫޑަންޑްސް ވިތް އޮނާސް
  • އަބްދުއް ސަލާމް އަބްދުލް ހަމީދު، މާސްޓަރސް އޮފް ޓީޗިންގ އެންޑް ލަރނިން
  • އަލްމަރުހޫމް ސުއޫދު މުޙައްމަދު ފުޅު، ޑިޕޮލަމާއިން އަރަބިކް ލެންގުއޭޖް ފޯރ އިސްލާމިކް ސްޓަޑީޒް
  • އަހުމަދު އަމީން، މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑރޝިޕް
  • އައިޝަތު އަފާ، ބެޗްލާސް އޮފް ޝާރީއާ އެންޑް ލޯ ވިތް އޮނާސް
  • ޝާމިލާ އިދުރީސް، ބެޗްލާސް އޮފް ޓީޗިނގ ޤުރުއާން.
އިސްލާމިކް ޔުނިވަރސިޓީ
އައިޔޫއެމްގެ ދަސްވެނިވި ދަރިވަރުން: ފާއިތުވި ދެ އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުން – ފޮޓޯ: އިސްލާމިކް ޔުނިވަރސިޓީ

އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި 2020 ވަނަ އަހަރު ހަތް ދަރިވަރަކު ވަނީ ހޮވާފައެވެ. އެއީ

  • މުހައްމަދު އިމްތިތައު އައްބާސް، މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ
  • ނަޝާޔާ ރަޝީދު، މާސްޓަރސް އޮފް ޓީޗިބްގ އެންޑް ލާރނިން
  • އަލީ ރިލްވާން، ބެޗްލާސް އޮފް ޓީޗިންގ ޤުރުއާން
  • ޒުލައިޚާ އިބްރާހިމް، ޑިޕޮލަމާއިން އަރަބިކް ލެންގުއޭޖް ފޯރ އިސްލާމިކް ސްޓަޑީޒް
  • ސަމާހު އަހުމަދު، ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް
  • އާމިނަތު ޖުމާނާ، ޕޯސްޓް ގުރެޖުއޭޓް އިން ޓީޗިން
  • ހުސައިން ސިމްނާހު، ޑިޕޮލަމާއިން ޓީޗިން އިސްލާމިކް ސްޓަޑީޒް

ފާއިތުވި ދެ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް  މޯލްޑިވްސްއިން 1384 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. އެ ޔުނިވަރސިޓީން ބުނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތިން ބޭފުޅަކު ޕީއެޗްޑީ ހާޞިލް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން 360 ދަރިވަރަކު މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު، 81 ދަރިވަރަކު ވަނީ ޕޯސްޓް ގުރެޖުއޭޓް ޑިގްރީ ނިންމާފައެވެ. އަދި ބެޗްލާސް ޑިގްރީ 266 ދަރިވަރަކު ނިންމާފައިވާއިރު، ޑިޕޮލަމާ ނިންމި ދަރިވަރުންގެ އަދަދަކީ 74 އެކެވެ. މީހގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށްގެން 600 އެންހާ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *