ވިލާ ކޮލެޖުން، ކުރިއަށް އޮތް ޖަނަވަރީ 2027 އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވިލާ ކޮލެޖުން، ކުރިއަށް އޮތް ޖަނަވަރީ 2027 އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް، 100 އަށްވުރެ ގިނަ ޕްރޮގްރާމަށް ކުރިމަތިލެވޭނެއެވެ.

މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ލޯ، ޝަރީޢާ، ކްރިމިނަލް ޖަސްޓިސް، އިސްލާމީ ފައިނޭންސް، އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން، ކޯޕަރޭޓް ގަވަރނަންސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ، ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، އިންޖިނިއަރިންގ މެނޭޖްމަންޓް، ނަރސިންގ، ޕަބްލިކް ހެލްތް، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ސައިކޮލޮޖީ، ހެލްތް ސައިކޮލޮޖީ، ފޮރެންސިކް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.

ވިލާ ކޮލެޖުން، ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ޑިގްރީތައް ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫ.ޑަބްލިޔު.އީ ބްރިސްޓަލް) އާއި ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، ވިލާ ކޮލެޖުގައި ހިންގާ ޔޫ.ޑަބްލިޔު.އީ ގެ ޕްރޮގްރާމްތަކުން 3،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

ކިއު.އެސް ސްޓާޒް ރޭޓިންގ ސިސްޓަމުން ފައިވް ސްޓާރ އެކްސެލެންޓް ރޭޓިންގ ލިބިފައިވާ، ރާއްޖޭގެ ހަމައެކަނި މަތީ ތަޢުލީމުދޭ މުއައްސަސާއަކީ ވިލާ ކޮލެޖެވެ. އަދި ޓައިމްސް ހަޔަރ އެޑިއުކޭޝަންގެ އިމްޕެކްޓް ރޭންކިންގްސްގައި، ފެންވަރު ރަނގަޅު ތަޢުލީމު (އެސް.ޑީ.ޖީ 4) ގެ ގިންތިން ދުނިޔޭގެ ޓޮޕް 100 މުއައްސަސާގެ ތެރޭގައި ވިލާ ކޮލެޖު ހިމެނެއެވެ. ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާއިރު، ބައެއް ޕްރޮގްރާމްތައް މޯލްޑިވްސް ބާ ކައުންސިލާއި އެލައިޑް ހެލްތް ކައުންސިލުން ވެސް އެޕްރޫވް ކުރެއެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި ޤާއިމުކުރެވުނު ވިލާ ކޮލެޖުން، މިހާތަނަށް 27،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ.

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ސައިންސް އިން އެކައުންޓިންގ އެންޑް ފައިނޭންސް ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ޕްރޮފެޝަނަލް އެކައުންޓިންގ ކޮލިފިކޭޝަންތައް ކުރު މުއްދަތެއްގައި ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެގޮތުން، ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ) އިން މި ޕްރޮގްރާމަށް މެނޭޖްމަންޓް ލެވެލްއާއި ހަމައަށް އެގްޒެމްޕްޝަން ދީފައިވާތީ، މި ދަރިވަރުންނަށް ސީމާގެ ކޮލިފިކޭޝަން ސީދާ މެނޭޖްމަންޓް ކޭސް ސްޓަޑީ (އެމް.ސީ.އެސް) އިން ފެށޭނެއެވެ. މީގެ އިތުރުން، އެސޯސިއޭޝަން އޮފް ޗާޓަޑް ސާޓިފައިޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ) އިން ވެސް މި ޕްރޮގްރާމަށް ހަ އެގްޒެމްޕްޝަން ދީފައިވެއެވެ. އޭ.ސީ.ސީ.އޭ އިން ރާއްޖޭގެ ޑިގްރީއަކަށް މިހާތަނަށް ދީފައިވާ އެންމެ ގިނަ އެގްޒެމްޕްޝަން ލިބިފައިވަނީ މި ޕްރޮގްރާމަށެވެ.

ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަންކޮށްފައިވަނީ، ކިޔެވުން ނިންމާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ފުރިހަމައަށް ތައްޔާރުވެފައިވާ ގޮތަށެވެ. އެގޮތުން، ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓާންޝިޕް އަދި ސިނާޢަތުގެ ފަރާތްތަކާ ގުޅިގެން ހިންގާ ޕާޓްނަރޝިޕްތަކުގެ ތެރެއިން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. މީގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރެވޭ ޤާބިލު ބަޔަކަށް ވެގެންދެއެވެ.

މީގެ އިތުރުން، ދަރިވަރުން މުޖުތަމަޢަށާއި ސިނާޢަތްތަކަށް ޢަމަލީ ގޮތުން ފައިދާހުރި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓަރ" އާއި، ކްލާސްރޫމުން ބޭރުން ދަރިވަރުން ހޯދާ ތަޖުރިބާތަކާއި ހުނަރުތައް ވަޒީފާދޭ ފަރާތްތަކަށް ހާމަކޮށްދޭ "ގްރެޖުއޭޓް ލާރނިންގ ޕްރޮފައިލް" ވެސް ވިލާ ކޮލެޖުން މި އަހަރު ތަޢާރަފުކޮށްފައިވެއެވެ.

ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، ކިޔަވާ މުއްދަތުގައި ދަރިވަރުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ބެހެއްޓުމަށް ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއް ދެއެވެ. އެގޮތުން، ދަރިވަރުންނަށް ތިރީގައިވާ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދެވެއެވެ:

  • ގްރޫޕްކޮށާއި ވަކިވަކިން ލާރނިންގ ސަޕޯޓްގެ ޚިދުމަތް: އެކަޑެމިކް ރައިޓިންގ، ރެފަރެންސިންގ، އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް، ސްޓަޑީ ސްކިލްސް ވޯކްޝޮޕް އަދި ޑިސަރޓޭޝަން ލިޔުމަށް އެހީތެރިކަން (އޮންލައިންކޮށާއި ފޭސް-ޓު-ފޭސްކޮށް)
  • ޕިއަރ-އެސިސްޓެޑް ލާރނިންގ (ދަރިވަރުން އެކަކު އަނެކަކަށް ކިޔެވުމުގައި އެހީތެރިވާ ނިޒާމު)
  • ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
  • ދަރިވަރުންނަށް ޚާއްޞަ ޖިމާއި، ކެމްޕަސް ތެރޭގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް
  • ދަރިވަރުން އަމިއްލައަށް ކިޔެވުމަށް، ވީ.އާރް އަދި އޭ.އާރް ފަދަ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ ލާރނިންގ ހަބް
  • އެކި ޕްރޮގްރާމްތަކަށް ޚާއްޞަކޮށްފައިވާ 16 ލެބޯޓަރީ

ވިލާ ކޮލެޖުގެ ކްލާސްތައް ރާވާފައިވަނީ، ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭ ގޮތަށެވެ. އެގޮތުން، އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާމަސީގެ ޕްރޮގްރާމްތައް ފިޔަވައި، ވިލާ ކޮލެޖުގެ ގިނަ ޕްރޮގްރާމްތައް އޮންލައިންކޮށް ވެސް ކިޔެވޭނެއެވެ.

ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް، ކޮލެޖަށް ގުޅުއްވައި ނުވަތަ ކެމްޕަހަށް ޒިޔާރަތްކުރައްވައިގެން ކެރިއަރ ގައިޑެންސް ހޯދެވޭނެއެވެ. އޯ ލެވެލް އާއި އޭ ލެވެލްގެ ނަތީޖާ، އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީޚަށްފަހު ލިބޭ ދަރިވަރުންނަށް ވެސް، މި އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީޚު: 26 ޑިސެމްބަރު 2026

އޮންލައިން އެޕްލިކޭޝަން ހުށަހެޅޭނީ: www.villacollege.edu.mv

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3303200

އީމެއިލް: info@villacollege.edu.mv

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *