އިސްލާމިކް ޔުނިވަރސިޓީން 1300 އެންހާ ދަރިވަރުން ދަސްވެނިވެއްޖެ

ފާއިތުވި 2019 ވަނަ އަހަރާއި 2020ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް  މޯލްޑިވްސްއިން 1384 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ދަސްވެނިވި ދަރިވަރުންނަށް ދަނީ ސެޓްފިކެޓް ހަވާލުކޮށް ދެއްވަމުންނެވެ. އިސްލާމިކް ޔުނިވަރސިޓީން ބުނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތިން ބޭފުޅަކު ޕީއެޗްޑީ ހާޞިލް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން 360 ދަރިވަރަކު މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު، 81 ދަރިވަރަކު ވަނީ ޕޯސްޓް ގުރެޖުއޭޓް ޑިގްރީ ނިންމާފައެވެ. އަދި ބެޗްލާސް ޑިގްރީ 266 ދަރިވަރަކު ނިންމާފައިވާއިރު، ޑިޕޮލަމާ ނިންމި ދަރިވަރުންގެ އަދަދަކީ 74 އެކެވެ. މީހގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށްގެން 600 އެންހާ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އެ ޔުނިވަރސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު އިމާރާތެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *