ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއިން، ފާއިތުވި ދިރާސީ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް މަރިޔަމް ބިންތި ޢަލީ މަމްދޫޙު ހޯދައިފިއެވެ.
ހއ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުހައްމަދެވެ.

އެއްވަނަ ހޯދި މަރިޔަމް، ސާނަވީ ނިންމާ އިމްތިޙާނުތަކުން ހަތް މާއްދާއިން އޭ ސްޓަރ، އެއް މާއްދާއިން އޭ ހޯދިއެވެ. އަދި އޭނާ ވަނީ، އެކައުންޓުން ދުނިޔެއިން 7ވަނަ ހޯދައި، ކޭމްބްރިޖް އައުޓްސްޓޭންޑިންގ ލާރނާސް އެވޯޑް ހޯދާފައެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ ދެވަނަ ވެސް މަރިޔަމްއަށް ލިބިފައިވެއެވެ.

ހއ. އަތޮޅު މަދަރުސާއިން ފާއިތުވި އަހަރު އެންމެ މޮޅު ދެވަނަ ދަރިވަރުންނަށް 2 ދަރިވަރުން ހޮވިފައިވެއެވެ. އެއީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ ތިންވަނަ ލިބުނު މަރިޔަމް ނަބާ ބިންތި ޢަބްދުﷲ އާއި މަރިޔަމް ރީމް މުޙައްމަދު ޝާކިރެވެ. ތިންވަނަ ލިބުނީ މަރިޔަމް ޢާލާ އަޙްމަދަށެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން އޭނާއަށް ލިބުނީ ގައުމީ ގަދަ ދިހައެއްގެ 7ވަނަ އެވެ.
advertisment
ހިޔާލު