އަމީނިއްޔާގެ ދަރިވަރުންގެ އިސްލާމިކް މައުރަޒު ޚާއްޞަ ކުރީ "ނަބަވީ ދަތުރުފުޅަށް"

އަމީނިއްޔާ ސްކޫލުގެ ކީ ސްޓޭޖް 2ގެ ދަރިވަރުންގެ އިސްލާމީކް މައުރަޒު މިއަދު ހުޅުވައިފިއެވެ. މި މައުރަޒު ޚާއްޞަ ކޮށްފައިވަނީ "ނަބަވީ ދަތުރުފުޅު"ގެ މައްޗަށެވެ.

މިއަދު ހަވީރު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒު ހުޅުވައި ދެއްވީ، ސީނިއަރ ޕަބްލިކް އެގްޒަމިނޭޝަން އެނަލިސްޓް ޝާހިދު އަބްދުﷲއެވެ.

އާންމުކޮށް ހުޅުވާލާލައިގެން އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދާ މި މައުރަޒު މާދަމާ ހެނދުނު 9:0012:30 އަށް އަދި މެންދުރު 2:00ން 18:30އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

އަމީނިއްޔާ ސްކޫލުން ބުނެފައިވާ ގޮތުގައި މި މައުރަޒުގެ މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖައްސުވައި، އިސްލާމްދީނާއި ބެހޭ ސައްޙަ މައުލޫމާތު ފޯރުކޮށްދީ، ކީރިތި ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމުގެ ސުންނަތް ދިރުވައި އާލާކުރުމެވެ.

މި މައުރަޒުން ފެންނަނީ 10 ސްޓޭޝަންގެ މައްޗަށް އެކުލެވިގެންވާ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ހިނގާފައިވާ މުހިންމު 10 ހާދިސާއެވެ. އެގޮތުން ރަސޫލުބޭކަލުންގެ ކުރު ތައާރަފަކާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ގެ ޙަޔާތްޕުޅުގެ ފެށުމާއި ނަބީކަމާއި ރަސޫލުކަން ލިބިވަޑައިގަތުމާއި، ޢާއްމުލް ހުޒުން، ޠާއިފްގެ ދަތުރުފުޅާއި އިސްރާއާއި މިއުރާޖެވެ. އަދި ހިޖުރައިގެ ދަތުރުފުޅާއި އިސްލާމީ ދައުވަތުގެ ފެށުމާއި ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމައެވެ. ހަންދަޤު ހަނގުރާމައާއި މައްކާ ފަތަހަ ކުރެއްވުމެވެ. އެންމެ ފަހު ސްޓޭޝަން ޚާއްޞަ ކޮށްފައި ވަނީ ޙައްޔަތުލް ވަދާއުއަށެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، މިފަދަ ކޮންމެ ހަރަކާތަކުން ދަރިވަރުންގެ ހުނަރާއި ޝައުޤުވެރިކަން އިތުރުވެގެންދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *