ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި ދަނޑުވެރި ދަރިވަރު"ގެ ނަމުގައި ޕްރޮގްރާމެއް ށ. ގޮއިދޫ ސްކޫލުގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، ގޮއިދޫ ކައުންސިލްއާއި އެ ސްކޫލުގެ ޕީޓީއޭ އާއި ގުޅިގެންނެވެ. މިހަރަކާތުގައި މި އަހަރު ސުކޫލުގެ 15 ދަރިވަރުން ބައިވެރިވެއެވެ.

މިޕްރޮގްރާމް ކުރިއަށް ދަނީ އެކަމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށެވެ. ޒަމާނީ ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އަމްޖަދު ޙުސައިން ވިދާޅުވީ ދިރިއުޅުމަށް ފައްކާކުރެވިފައިވާ ކުއްޖަކު މުޖުތަމަޢުއަށް ނެރުމަކީ މަންހަޖުގެވެސް އަމާޒުކަމަށެވެ. ސުކޫލު ނިންމާކުދިންނަށް އެކި ފުރުސަތު ތައް ފަހިކޮށްދީ ޝައުޤުވެރިކަން އުފެއްދިއްޖެނަމަ ދަނޑުވެރިން ގެ ގޮތުގައިވެސް ކުދިން ފެނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

ދަނޑުވެރި ދަރިވަރު ޕްރޮގްރާމަކީ މުދައްރިސުންނާއި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެކު ފެށުނު ކާމިޔާބު ޕްރޮގްރާމެއްކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ޕްރިންސިޕަލްގެ ވިދާޅުވީ މި ޕްރޮގްރާމް ފެށި ކުރިއަށް ދަނީ ރަށުގެ ދަނޑުވެރިންނާއި ށ. ގޮއިދޫ ކައުންސިލުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. "މިޕްރޮގްރާމަށް އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ލޯތްބާއެކު ޝުކުރުދަންނަވަން" . ޕްރިންސިޕަލް އަމްޖަދު ވިދާޅުވިއެވެ.
advertisment
ހިޔާލު