ދަރިވަރު ނޫހުގެ ފަރާތުން އިމްތިޒާމް ކުރާ މި ޝެޝަން ކުރިއަށް ގެންދާނީ ނިއުމާ މިސް. އަންނަ ހޮނިހިރު ދުވަހު ހެނދު އޮންލައިންކޮށް ކުރިއަށް ގެންދާ މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައި.
13-18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފޮތް ހަދަން ދަސްކޮށްދިނުމަށް ޚާއްޞަ ސެޝަނެއް ބާއްވަން ދަރިވަރު ނޫހުން ނިންމައި އެ ސެޝަނުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ، ދަރިވަރު ނޫހުން މިހާރު އިއުލާން ކޮށްފައިވާ ފޮތްތެރި ފަތިސް ފޮތް ލިޔުމުގެ މުބާރާތަށް ފޮތް ހުށައެޅުމަށް ދަރިވަރުންނަށް މަގުފަހިކޮށްދިނުމާއި، ފޮތް ފަރުމާ ކުރުމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދިނުމަށް ބާއްވާ ސެޝަނެކެވެ. މި ސެޝަން ނަންގަވައިދެއްވާނީ މީގެ ކުރިން ވެސް މިފަދަ ސެޝަންތައް ނަންގަވައިދެއްވަމުން ގެންދަވާ ނިއުމާ މުޙައްމަދު (ނިއުމާ މިސް)އެވެ.
ފޮތް ތައްޔާރު ކުރުމާ ގުޅޭ މި ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30ގައެވެ. ހިލޭ ބައިވެރިވެވޭ މި ޝަންގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ފޮތްތެރި ފަތިސް ފޮތް ލިޔުމުގެ މުބާރާތަށް ފޮތް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 އަށެވެ.
މި ސެޝަންގައި ކިޔައިދޭނެ މުހިންމު ބައިތަކުގެ ތެރޭގައި ޑިޖިޓަލްކޮށް ފޮތް ހަދާނެ ގޮތާއި ލޭއައުޓާއި ފޮތް އެކުލަވައިލުމުގައި ގެންގުޅޭނެ ހަމަތަކާއި ފޮތް ޝާއިއުކުރުމާ ގުޅޭ ޤަވައިދުތަކެވެ.
advertisment
ހިޔާލު