ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ފައިނަލަށް 140 ބައިވެރިން ދަތުރުކޮށްފިއެވެ. މި މަހު 10ގައި ފެށި މި މުބާރާތުގެ ސެމީގައި 379 ފަރާތުން ވާދަކުރިއެވެ.
ފައިނަލަށް ހޮވުނީ ނުބަލައި ކިޔެވުމުގެ ބައިން 62 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ބައިން 68 ބައިވެރިންނެވެ. އަދި ހާފިޒުންގެ ބައިން 10 ބައިވެރިންނެވެ. ފައިނަލް ބުރުގެ ކިޔެވުން މިއަދާއި މާދަމާ ކުރިއަށް ގެންދާނެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށްފަހު ބޭއްވޭ މުބަރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ފަރާތުން ބައިވެރިވިއެވެ.
advertisment
ހިޔާލު