ހިއުމަން ރައިޓްސް ކުއިޒް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ދައުލަތުގެ މުއައްސަސާތަކަށާއި ޔުނިވަރސިޓީ/ ކޮލެޖް އަދި ފެކަލްޓީތަކުގެ ދަރިވަރުން، އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކުއިޒް މުބާރާތެކެއެވެ.
މި މުބާރާތް ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރުގެ 13 އިން 17 އަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަށުން ހިންގާ ފެކަލްޓީތަކަށް ހުޅުވާލާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ، މި ކުއިޒްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް، ސެޕްޓެމްބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާއިރު، ގުޅާނެ ފަރާތެއްގެ ނަމާއި، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ERD@hrcm.org.mv އަށް އީމެއިލް ކުރަން އެދިފައިވެއެވެ.
advertisment
ހިޔާލު