ރާއްޖެ ޔޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕް 16 އަހަރުން ދަށް: ޗެމްޕިއަންކަން ކެޔޮދޫ ސްކޫލާއި އދ. އަތޮޅު މަދަރުސާއަށް

ރާއްޖެ ޔޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕްގައި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކެޔޮދޫ ސްކޫލާއި އދ. އަތޮޅު މަދަރުސާއަށްއިން ހޯދައިފިއެވެ.

 

ފިރިހެން ފައިނަލުގައި އދ. އަތޮޅު މަދަރުސާއިން ފުރަތަމަ ސެޓް ގެންދިޔައީ 25-10ން ނެވެ. ދެވަނަ ސެޓް 25-17އިން ހޯދާ އފްތިތާހުން ހަމަހަމަ ކުރިއެވެ. ނަމަވެސް ފަހު ދެ ސެޓް 25-14ން 25-18އިން ހޯދާ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އދ. އަތޮޅު މަދަރުސާއިން ހޯދިއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ޖޯޒީ ނަމްބަރު 10 އަބްދުﷲ ޝަރަފު އަލީއެވެ.

16 އަހަރުން ދަށުގެ ފިރިހެން ލޯ މެޑަލް ހޯދައިގެން ތިންވަނައަށް ދިޔައީ ހުރަވީ ސްކޫލެވެ. އެ މަޖީދިއްޔާ ސްކޫލާ ވާދަކޮށް އެ ހުރަވީ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކީ ހުރަވީ ސްކޫލުގެ ޖޯޒީނަމްބަރު 17 އަލީ މާހިންއެވެ.

އަންހެން ފައިނަލުގައި ކުނބުރުދޫ ސްކޫލާ ބައްދަލުކޮށް ފުރަތަމަ ދެ ސެޓް ކެޔޮދޫ ސްކޫލުން ގެންދިޔައީ 25-19 އަދި 25-18އިންނެވެ. ވާދަވެރިކަން ބޮޑުކޮށް، ތިންވަނަ ސެޓް ކުނބުރުދޫ ސްކޫލުން ހޯދީ 25-21ންނެވެ. ހަތަރު ވަނަ ސެޓްވެސް ދިޔައީ ވަރަށް ވާންކޮށެވެ. އިތުރު ސެޓެން ކުޅެން ފުރުޞަތު ހޯދަން ކުނބުރުދޫ ސްކޫލުން ކުރި މަސައްކަތް ކެޔޮދޫ ސްކޫލުން ހުއްޓުވައި ޗެމްޕިއަންކަން ހޯދީ 31-33 ގެ ކުޑަތަފާތަކުންނެވެ.

ފައިނަލް މެޗްގެ އިތުރުން މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ކެޔޮދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 13 މަރިޔަމް ރައިނާ އަލީ ރަޝީދެވެ.

16 އަހަރުން ދަށުގެ އަންހެން ލޯ މެޑަލް ހޯދީ މަޖީދިއްޔާ ސްކޫލުންނެވެ. އެ މެޗްގެ މޮޅު ކުޅުންތެރިއަކީ ޖޯޒީ ނަމްބަރު އާއިޝަތު ދީމާ ނަދީމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *