އައްޑޫގައި ބާއްވާ ބައިކް ޓުއަރ އޮންނަނީ މިއަދުން ފެށިގެން މި މަހުގެ 21ގެ ނިޔަލަށެވެ.
ޗާލު އައްޑޫ ސިޓީގައި ބައިސްކަލް ދުއްވުމާއި، އާ ތަޖުރިބާތަކާއި، އެކުވެރިކަމުގެ ހަތަރު ދުވަހުގެ ހަރަކާތައް ބައިކް މޯލްޑިވްސްގެ ޓީމެއް މިހާރު ވަނީ އެ ސިޓީއަށް ގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އައްޑޫ ވުމެން އެސޯސިއޭޝަނާ ގުޅިގެންނެވެ.
މި ދަތުރުގައި ރާއްޖޭގެ އެންމެ ދެކުނު އަތޮޅުގައި އުފާވެރި ތިން ދުވަސް "ބައިކް ފެމިލީ" އާއެކު ހޭދަކުރާނެއެވެ. މި ހަރަކާތުގައި އައްޑޫގެ ހުރިހާ އަވަށަކުން ބައިވެރިވާނެއެވެ.
ކިލޯމީޓަރުގެ ގައިޑެޑް ބައިކް ޓުއަރ ފަށާނީ 19 ވަނަ ދުވަހުގެ ހެނދުނު 07:00 ގައެވެ. މާދަމާ ރޭ އޮންނާނީ "ފްލޭޝިންގް ލައިޓް ރައިޑް" އެވެ. މި ހަރަކާތް ފަށާނީ މާދަމާ ރޭ 21:15 ގައެވެ.
ބައިކް މޯލްޑިވްސްގެ މި ޓުއާގެ ތެރެއިން މީދޫއަށް ވެސް ދާން ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެންމެ ދެކުނުގެ މި ސުވަރުގެއެއް ފަދަ މާޙައުލުގައި ބައިސްކަލް ދުއްވުމާއި، ތަފާތު ސަގާފަތްތައް ތަޖުރިބާކޮށް، އެކުވެރިކަން ބަދަހިކުރުމަށް އެ ޓުއާގައި ބައިވެރިވުމަށް ބައިކް މޯލްޑިވްސްއިން ވަނީ ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތުދީފައެވެ.
ބައިކް މޯލްޑިވްސް އިން ބުނީ، އައްޑޫ ބައިކް ޓުއަރ 2026 އަކީ ހަމައެކަނި ބައިސްކަލް ދުއްވުމެއް ނޫން ކަމަށާއި އެއީ، މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
ބައިކް މޯލްޑިވްސްއިން ދަނީ ބައިސްކަން ދުއްވުމުގެ ހުނަރު ހުރި ކުދިންނާއި ޒުވާނުން ނެރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ވެސް އަންނަނީ ބައިވެރިވަމުންނެވެ.
advertisment
ހިޔާލު