ރާއްޖެ ޖޫނިއަރ ވޮލީ ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެއިން ހޯދައިފިއެވެ.
އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވ. އަތޮޅު ތައުލީމީ މަރުކަޒާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ސީއެޗްއެސްއީ މާލެއިން ޗެމްޕިއަންކަން ހޯދީ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލުގެ ފުރަތަމަ ސެޓް އެ ސްކޫލުން ހޯދީ 25-18 ބޮޑު ތަފާތަކުންނެވެ. ނަމަވެސް ފަހު ދެ ސެޓް ހޯދީ 25-23 އާއި 29-27ގެ ކުޑަ ތަފާތަކުންނެވެ.

ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗްގެ މަޤާމް ހޯދީ ސީއެޗްއެސްއީ މާލެގެ ޖޯޒީ ނަމްބަރު 8 އައިޝަތު އިމްޝާ އަލީއެވެ. އޭނާއަކީ 19 އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. މި މުބާރާތުގެ ބެސްޓް ލެބެރޯއަކަށް ހޮވުނީ ވ. އޭއީސީގެ ޝައިހާ މުޙައްމަދު ހަލީމެވެ. އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީ މާލެގެ ކޯޗް މަރިޔަމް ހަލީމެވެ. 19 އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ،
އާމިނަތު ނައުޝާ – ވ. އޭއީސީ
އައިޝަތު އިމްޝާ އަލީ- ސީއެޗްއެސްއީ މާލެ
އައިޝަތު ޖައިޝާ ޖާވިދު- ސީއެޗްއެސްއީ ހުޅުމާލެ
މުޒައިނާ އިބްރާހިމް ސިޔާމް- ވ. އޭއީސީ
އައިޝަތު ނީޝާ ފިފްޝާން- ސީއެޗްއެސްއީ މާލެ
ފާތިމަތު މިޝްކާ އަލީ- ސީއެޗްއެސްއީ މާލެ
advertisment
ހިޔާލު