ރެހެންދި ސްކޫލުން އެއްވަނަ ޖަޛްލާނަށް، ދެވަނަ އައިޝާއަށް ތިންވަނަ ޒޯޔާއަށް

2024 ވަނަ އަހަރު ރެހެންދި ސްކޫލުން އެއްވަނަ ދަރިވަރުގެ މަޤާމް ( ރެހެންދި ގޯލްޑް ސްޓަރ) މުޙައްމަދު ޖަޛްލާން ޖަމީލު ހޯދައިފިއެވެ. އެ ސްކޫލުން ސިލްވަރ ސްޓަރ ހޯދީ އާއިޝާ ބިންތް ޢާޞިފު މުޙައްމަދެވެ. ބްރޯންޒް ސްޓަރ ހޯދީ، ޒޯޔާ ހުސައިން ޒިޔާދެވެ.

2024-2025 ވަނަ އަހަރުގެ ރެހެންދި ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުއްލަތީފު މުޙައްމަދެވެ.

ގޯލްޑް ސްޓަރ ހޯދި ޖަޒްލާނަކީ 2024 ވަނަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އޭނާ ވަނީ ހިސާބު މާއްދާއިން ދުނިޔެއިން އެއްވަނަ، މެރިން ސައިންސްއިން ދުނިޔެއިން އަށް ވަނަ ހޯދާފައެވެ. ސްޓަރ ހޯދި، އައިޝާއަކީ 2024 ވަނަ އަހަރު އެ ސްކޫލުގެ ރާދަ ހައުސްގެ ކެޕްޓަނެވެ. ބްރޯންޒް މެޑަލް ހޯދި ޒޯޔާއަކީ، 2023 ވަނަ އަހަރު އަބާރަނަ ހައުސްގެ ވައިސް ކެޕްޓަނެވެ. 2024 ވަނަ އަހަރު ސްކޫލުގެ ކެޕްޓަނެވެ.

ރެހެންދި ސްކޫލުގެ 34 ދަރިވަރުން 2025 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެ ސްކޫލުގެ 3 ދަރިވަރުންނަށް އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބިފައިވެއެވެ. އަދި ހިސާބު މާއްދާއިން ދުނިޔެއިން އެއްވަނަ މެރިން ސައިންސްއިން އަށްވަނަ އެއް ދަރިވަރަށް ލިބިފައިވެއެވެ. އަދި އެހެން ދަރިވަރަކަށް މެރިން ސައިންސްއިން ދުނިޔެއިން ހަ ވަނަ ކޮމްޕިއުޓަރ ސައިންސްއިން ރާއްޖެއިން އެއްވަނަ ލިބިފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *