2024 ވަނަ އަހަރު މަޖީދިއްޔާގެ "ގޯލްޑް ސްޓަރ"އަކަށް އިޒްޔާން

ސިލްވަރ ސްޓަރއަކަށް ހޮވުނީ އަލްސަން، ބްރޯންޒް ސްޓަރއަކަށް ހޮވުނީ މައިހާ

2024 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ "ގޯލްޑް ސްޓަރ"އަކަށް މުޙައްމަދު އިޒްޔާން ހަސަން ހޮވައިފިއެވެ.

2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތީ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ ސިވިލްސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖުތާޒެވެ.

2024 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ސިލްވަރ ސްޓަރއަކަށް ހޮވުނީ މުޙައްމަދު އަލްސަން ހުސައިނެވެ. ބްރޯންސް ސްޓަރއަކަށް ހޮވުނީ މައިހާ އިބްރާހިމް އިޔާޒެވެ.

ގޯލްޑް ސްޓަރއަކަށް ހޮވުނު އިޒްޔާނަކީ 2024 ވަނަ އަހަރު މަޖީދިއްޔާގެ ޑެޕިއުޓީ ކެޕްޓަނެވެ. އޯލެވެލްގެ ގަދަ ދިހައެއްގައި އޭނާ ހިމެނުނީ 6އޭ ސްޓަރއާއި 2 އޭ ހޯދައިގެންނެވެ. އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ އޭނާ ހޯދައިފައިވެއެވެ.

ސިލްވަރ ސްޓަރއަކަށް ހޮވުނު އަލްސަންއަކީ 2024 ވަނަ އަހަރު މަޖީދިއްޔާގެ ކެޕްޓަނެވެ. އޯލެވެލްގައި 6 އޭ ސްޓަރ އާއި 2 އޭ ހޯދާފައިވެއެވެ.

ބްރޯންޒް ސްޓަރ ހޯދި މައިހާއަކީ 2024 ވަނަ އަހަރު މަޖީދިއްޔާގެ ސިކަންދަރު ހައުސްގެ ކެޕްޓަނެވެ. ކިޔެވުމަށް އެންމެ މޮޅު ގާލްގައިޑަކަށް ހޮވުނީ ވެސް މައިހާއެވެ. އޯލެވެލްގައި 7 މާއްދާއިން އޭ ސްޓަރ އަދި އެއް މާއްދާއިން އޭ ހޯދާފައިވެއެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނެޔެއިން ފަސްވަނަ ވެސް އާނާ ހޯދާފައިވެއެވެ.

2024 ވަނަ އަހަރު މަޖީދިއްޔާއިން 132 ދަރިވަރުން އޯލެވެލް ނިންމާފައިވެއެވެ. އޭގެ ތެރެއިން 14 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. 60 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވިއިރު، 3 މާއްދާއިން 77 އިންސައްތަ ދަރިވަރުން ފާސްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *