ޤައުމީ އިސްތިރާޖީ އަމާޒުތަކާއި އިލްމީ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން "ޔުނިވަރސިޓީ ރިސާޗް ގްރާންޓް" އަދި ފޮތް ލިޔުމަށް "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ގޮތުގައި މާލީ އެހީތެރިކަން 14 ފަރާތަކަށް ދީފިއެވެ.
އެކި ދާއިރާތަކުން ދިރާސާކުރުމަށާއި އިލްމު އުފެއްދުމަށް އެހީތައް ދިން ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ޖިންސީ ހަމަހަމަކަން، އާޓިފިޝަލް އިންޓެލިޖެންސް، ދިރުންތަކުގެ މުއްސަނދިކަން، އިޖުތިމާއީ ބައިވެރިވުން، އިގްތިސާދީ ތަރައްގީ އަދި ދެމެހެއްޓެނިވި އުސޫލުތައް ހިމެނެއެވެ.

މި އެހީ ދިނުމުގައި ދެވިފައިވާ ދާއިރާތަކަށް ބަލާއިރު ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިސްކަންދޭ މުހިންމު ކަންތައްތަކަކަށް އަމާޒުކޮށް، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ދާއިރާތައް ހިމެނެއެވެ. މީގެ ސަބަބުން އެމްއެންޔޫ އާއި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިލްމީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ހެކީގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ދިރާސާކުރުމަށް މާލީ އެހީ ދިން ފަރާތްތައް:
- އައިޝަތު ލީޒާ
- އައިޝަތު މަހަރަތު
- އާމިނަތު ޝަފިއްޔާ (އެމް.އެން.ޔޫ).
- ޑރ. އަލީ ފަވާޒު ޝަރީފް (އެމް.އެން.ޔޫ).
- ޑރ. އާމިނަތު ރިޔާޒް (އެމް.އެން.ޔޫ).
- ޑރ. ފަރުހާނާ އަބްދުﷲ (އެމް.އެން.ޔޫ).
- ފާތިމަތު ޒިމްނާ (އެމް.އެން.ޔޫ).
- ނުހާ އިސްމާއީލް ފުޅު (އެމް.އެން.ޔޫ).
- ސާދަތު މޫސާ (އެމް.އެން.ޔޫ).
- ސައީދު އަތުހަރު (އެމް.އެން.ޔޫ).
- ސަލްނާ ސޫޒަން އަބްރަހަމް (އެމް.އެން.ޔޫ).
- ސިޒްނާ މުހައްމަދު (އެމް.އެން.ޔޫ).
ފޮތް ލިޔުމަށް މާލީ އެހީ ލިބުނު ފަރާތްތައް:

- އާމިނަތު ޝާނީ (އެމް.އެން.ޔޫ).
- ފާތިމަތު ނަސީހާ އަބްދުލް މުހައިމިން

މާލީ އެހީގެ ސަބަބުން އެމްއެންޔޫގެ ދިރާސާކުރުމުގެ ސަގާފަތް އިތުރަށް ހަރުދަނާވެ، އިލްމީ އީޖާދުތަކަށް މަގުފަހިވެ، ދިވެހި މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ދިރާސާކުރުމާއި ފޮތްތައް ޝާއިއުކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު