ޞަލާޙުއްދީން ސްކޫލަށް 3 އަހަރުފުރުން ފާހަގަކޮށްފި

ޞަލާޙުއްދީން ސްކޫލުގެ 3ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ޚާއްޞަ އެސެންބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެންބުލީގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި، ތައުލީމީ ވުޒާރާގެ ޑެޕިޔުޓީ ސްޕްރިންޓެންޑެންޓު: އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިތެވެ.

ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި, ތަޢުލީމު ހާސިލުކުރަމުންދާއިރު ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވިސްނައި ތަފާތު ރޮނގުތަކުން ކާމިޔާބު ދަަރިވަރަކަށްވުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެވަޑައިގަތެވެ. އަދި ދަރިވަރުން ކިޔެވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން މުސްތަޤުބަލުގައި ޒިންމާދާރު މަޤާމުތަކަށް ވާސިލުވުމުގެ އަޒުމާ ހިތްވަރު ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ސްކޫލުތަކުން ފޯރުކޮށްދެވޭނީ، ތަފާތު މުއައްސަސާތަކުންނާއި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެންކަމަށާއި އެފަދަ ފަރާތްތަކުން ސްކޫލުތަކަށް ދެއްވަމުން ގެންދަވާ އެހީތައް އަދުގެ ކިޔަވާކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ނުހަނު ބޭނުންތެރިކަމަށް ޝަރަފުވެރިމެހެމާނު ފާހަގަކުރެއްވިއެވެ.

ޕްރިންސިޕަލް، ނާސިޙާ އިދުރީސްގެ ވާހަކަފުޅުގައި، ކިޔަވާކުދިންނަށް ނުހަނު އިސްކަމެއް ދެއްވަވައިގެން ތަޢުލީމީ ވުޒާރާއިން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢަށް އިޚުލާސްތެރިކަމާ އެކު ޝުކުރު ދެންނެވި. މީގެއިތުރުން، ނިސްބަތުން ގިނަ އަތޮޅުތަކެއްގެ ދަރިވަރުން ޞަލާޙުއްދީން ސްކޫލުގައި ތަޢުލީމު ޙާސިލްކުރަމުން ދާއިރު، ދަރިވަރުންގެ މެދުގައި ބަދަހިގުޅުމެއް އާލާކުރުމަށް ހުރިހާ ދަރިވަރުން ވެސް އިސްކަންދޭންވާނެ ކަމަށާއި މަރުޙޫމު، ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީނަށް ނިސްބަތްވާ ސްކޫލުގެ ދަރިވަރުންނަކީ ޤައުމަށް ޚިދުމަތްކުރުމުގައި އެ ބޭފުޅަކަށް ސްކޫލު ނިސްބަތްވާ، އަލްމަރުޙޫމު، ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީނަށް ފަދަ ދަރިވަރުންތަކަކަށްވުމަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. ހަމަމިއާއެކު ދަރިވަރުންގެ އުނގެނުމާ ގުޅުންހުރި އެންމެހައި ކަންކަމުގައި ހެޔޮއެދޭ ފަރާތްތަކުން އެކި ގޮތްގޮތުން ވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުދެންނެވިއެވެ.

މި އެސެންބުލީގައި، ޞަލާޙުއްދީން ސްކޫލުގެ ލަވައިގެ ވީޑިއޯ އިފުތިތާޙުކުރުމުގެ އިތުރުން، ޞަލާޙުއްދީން ސްކޫލުގެ 3ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި، އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން ފަޚުރުވެރި 1ވަނަ ހާސިލުކުރި ލޯގޯގެ ނަމޫނާ ލޯގޯ ހިމެނޭ ފިލައެއް، ވަނީ ޝަރަފުވެރި މެހުމާނަށް ހަދިޔާކޮށްފައި. މި ލޯގޯ ފަރުމާކޮށްފައިވަނީ ޞަލާޙުއްދީން ސްކޫލުގެ ގުރޭޑު 4Kގެ ދަރިވަރު އާރިޒް ބިން ޙުސެއިން އާސިމެވެ.

2023 އޮގަސްޓު 6ވަނަ ދުވަހު ޞަލާޙުއްދީން ސްކޫލު ހުޅުވުނީއްސުރެ، މިއަދާ ހަމައަށް ވެސް އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވަމުންގެންދަވާ ފަރާތްތަކަށް، އެ ކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މި އެސެންބުލީގައި ހަނދާނީފިލާ އެރުވިއެވެ. އެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، ފޭސް 2 ޕޮލިސް، އެލިއާ، އާކް އަދި ހުޅުމާލެ ކޮމިޔުނިޓީ އެލަޔަންސްއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *