ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމުގައި ހުރި ދަތިތަކާ ބެހޭ ބައްދަލުވުމެއް އެމްއެންޔޫގައި

ޒުވާނުންގެ ދުވަހާ ގުޅިގެން ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމުގައި ހުރި ދަތިތަކަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް

"މުސްތަޤުބަލަށް ބޭނުންވާ ހުނަރުތަކާއި އުނގެނުމުން ވަޒީފާގެ މައިދާނަށް ބަދަލުވުން" މި މައުޟޫޢަށް އަމާޒުކޮށްގެން، އޯގަސްޓް 12ގައި ބޭއްވި މި ބައްދަލުވުމުގައި، "އެންމެންގެ މުސްތަޤުބަލަށް ބޭނުންވާ ހުނަރު: ދިވެހިރާއްޖޭގައި މުސްތަޤުބަލަށް ބޭނުންވާ ޤާބިލިއްޔަތުކަން އިތުރުކުރުމާއި އުނގެނުމުން ވަޒީފާގެ މައިދާނަށް ބަދަލުވުމުގެ މަރުޙަލާ ހަރުދަނާކުރުން" މި ދާއިރާއިން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ތަރައްޤީގެ ބައިވެރިންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޒުވާނުން ބައިވެރިވެ، ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމުގައި ހުރި ދަތިތަކަށް އަމަލީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރިއެވެ.

ޒުވާނުންނަށް ކުރިމަތިވާ މުހިންމު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ތަޢުލީމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަކުގެ ދެމެދުގައި ހުރި ފަރަގުތަކާއި، ކެރިއަރ ގައިޑެންސް ނުވަތަ އިރުޝާދު ލިބުމުގައި ހުރި ދަތިތަކާއި، ޑިޖިޓަލް ހުނަރުތަކާއި، ފާޑުކިޔުންތެރި ވިސްނުން، މުޢާމަލާތްކުރުން، ލީޑަރޝިޕް، އަދި މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގެ އިފްތިތާޙީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝަހީނާޒް އާދަމް ވަނީ، ބަދަލުވަމުންދާ ވަޒީފާގެ މައިދާނަށް ޒުވާނުން ތައްޔާރުކުރުމުގައި މަތީ ތަޢުލީމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޔުނިވަރސިޓީގެ ނިންމުންތަކާއި އިސްތިރާތީޖީތައް އެކުލަވާލުމުގައި ހޯދުންތަކާއި ދިރާސާތަކުގެ ބޭނުންކުރާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ "އެމް.އެން.ޔޫ ފިއުޗަރ ރެޑީ ސީރީޒް" ކެރިއަރ ގައިޑެންސް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، "ވޮއިސަސް ފްރޮމް ދަ އީކޯސިސްޓަމް: މަލްޓި-ސްޓޭކްހޯލްޑަރ ޕެނަލް ޑިސްކަޝަން" ގައި އެމް.އެން.ޔޫ އިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ސެޝަންގައި ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ގުޅުވާލުމާއި، އަމިއްލަ މަސައްކަތްކުރުން ނުވަތަ އެންޓަރޕްރިނިއަރޝިޕަށް ޒުވާނުން ޝައުޤުވެރިކުރުވުމާއި، އަތޮޅުތަކުގެ ޒުވާނުންނަށް ވަޒީފާއާއި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ހެކިތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްދިޔަ މި މަޝްވަރާތަކުގައި، ޕްރެޒެންޓޭޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ވަކިވަކި މައުޟޫޢުތަކަށް ބޭއްވުނު ގްރޫޕް މަޝްވަރާތަކުގެ ޒަރީޢާއިން، ކެރިއަރ ގައިޑެންސް ހަރުދަނާކުރުމަށާއި، ތަޢުލީމީ ދާއިރާއާއި ސިނާޢަތްތައް ގުޅުވާލުމަށް ބޭނުންވާ އަމަލީ ރެކޮމެންޑޭޝަންތަކެއް އެކުލަވާލެވުނެވެ.

މި ހަރަކާތުގެ ތެރެއިން، އެޑިޔުކޭޝަން މިނިސްޓްރީގެ ބޭނުމަށް އެމް.އެން.ޔޫ އިން ތައްޔާރުކުރި "ލޮސްޓް އިން ޓްރާންސިޝަން" ދިރާސާވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

އެމްއެންޔޫގެ މި ބައިވެރިވުމަކީ ޒުވާނުންގެ ތަރައްޤީއާއި، ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ޤައުމީ މަޝްވަރާތަކުގައި އެ ޔުނިވަރސިޓީން ދެމުންގެންދާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މި މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް ޔުނިސެފް މޯލްޑިވްސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭނާއި، ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *