ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ވަނަ “އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޮގަސްޓު 8 އިން 9 އަށް ވިލާ ކޮލެޖުގެ ކިއު.އައި.ކެމްޕަހުގައި ކުރިއަށްދިޔަ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "ޓައިޑްސް އޮފް ޓްރާންސްފޯމޭޝަން: ޝޭޕިންގ ސަސްޓެއިނަބަލް ފިއުޗަރސް" އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮންފަރެންސްގެ ޗެއަރ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. މުޙައްމަދު ޢާދިލް ވަނީ، ފާއިތުވި ދެ ދުވަހު ކުރިއަށްދިޔަ ދިރާސާ މަޝްވަރާތަކާއި ޚިޔާލު ބަދަލުކުރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިރާސާކުރުމަކީ ހަމައެކަނި ކަރުދާސް ހުށަހެޅުން ނޫން ކަމަށާއި، ދިރާސާތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ދުވަހަށް ދެމިގެންދިޔަ މި ކޮންފަރެންސްގައި 3 ކީނޯޓް ސްޕީޗާއި، 4 ޕެނަލް ޑިސްކަޝަނާއި، 8 "އިމްޕެކްޓް ރޫމް" ސެޝަން ކުރިއަށްގެންދެވުނެވެ. ކޮންފަރެންސަށް ޖުމްލަ 116 އެބްސްޓްރެކްޓް ހުށަހެޅި، އޭގެ ތެރެއިން 81 އެބްސްޓްރެކްޓް ބަލައިގަނެވުނުއިރު، 25 ފުރިހަމަ ދިރާސާ ކަރުދާސް ލިބިފައިވެއެވެ. އަދި އެކަޑެމިކް، ސަރުކާރު އަދި ޞިނާޢަތްތަކުން ޖުމްލަ 138 ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވިއެވެ.

އިވަލުއޭޝަން ޕެނަލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އިވަލުއޭޝަން ކޮމިޓީގެ މެންބަރު ފާޠިމަތު ސަޢީދު ވަނީ، ދިރާސާ ކަރުދާސްތައް ވަޒަންކުރުމުގައި ބެލެވުނު މައިގަނޑު މިންގަނޑުތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރޭގައި ކޮންސެޕްޓާއި އޮރިޖިނަލިޓީ، މެތޮޑޮލޮޖީ، ލިޓަރޭޗަރ ރިވިއު، ހުށަހެޅުންތެރިކަން އަދި ކަރުދާހުގެ ފެންވަރާއި މައުޟޫޢާ ގުޅޭ މިންވަރު ހިމެނެއެވެ.

“ބެސްޓް ޕޭޕަރ ޕްރެޒެންޓޭޝަން އެވޯޑް” ޙާޞިލްކުރި ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (އެކަޑެމިކް އެންޑް ސްޓޫޑަންޓްސް) ޑރ. ޢަބްދުﷲ ޞާދިޤެވެ.
ބެސްޓް ޕޭޕަރ ޕްރެޒެންޓޭޝަން އެވޯޑް ޙާޞިލްކުރި ފަރާތްތައް:
ނޮވިސް ރިސާރޗަރ ކެޓަގަރީ:
-
ޢާއިޝަތު ދީނާ
"ދަ ރިލޭޝަންޝިޕް ބިޓްވީން އަންއެމްޕްލޯއިމެންޓް އެންޑް މެންޓަލް ވެލްބީންގ އަމަންގް ޔޫތް އިންދަ މޯލްޑިވްސް" (ދިރާސާ ކުރީ: ޢާއިޝަތު ދީނާ)
-
އާމިނަތު ވަފާ ވަޙީދު
"ސްކްރީންސް، ސްޓޯރީސް، އެންޑް ސެލްފް-ބިލީފް: އަންޑަރސްޓޭންޑިންގ ރިކްރިއޭޝަނަލް ރީޑިންގ މޯޓިވޭޝަން އިން މޯލްޑިވިއަން މިޑްލް ސްކޫލްސް" (ދިރާސާ ކުރީ: އާމިނަތު ވަފާ ވަޙީދު އަދި ޢާއިޝަތު ގުރައިޝާ)
-
ފާތިމަތު އަރަފާ
"ލިވްޑް އެކްސްޕީރިއަންސަސް އޮފް ސިމިއުލޭޝަން-ބޭސްޑް ލާރނިންގ އަމަންގް ޑިޕްލޮމާ ނާރސިންގ ސްޓޫޑަންޓްސް އިން އަ ލޯ-ރިސޯސް ކޮންޓެކްސްޓް" (ދިރާސާ ކުރީ: ފާތިމަތު އަރަފާ)
ކެރިއަރ ރިސާރޗަރ ކެޓަގަރީ:
-
ޑރ. އެޝްލިން ނިމޯ ޖޫނިއަރ
"އަ ޕްރީރެޖިސްޓަރްޑް އެކްސްޕްޓަންސް ޓެސްޓް އޮފް އެން އޭ.އައި-އެސިސްޓަޑް ކޮންވޯސަޝަނަލް ރޫމް ސާރވިސް ބުކިންގ ސިސްޓަމް އިން މޯލްޑިވިއަން ރިސޯޓްސް ޔޫސިންގ އޭ.އައި.ސީ.އާރް.ސީ.އޭ.އެމް" (ދިރާސާ ކުރީ: ޑރ. އެޝްލިން ނިމޯ ޖޫނިއަރ، ޑރ. މުޙައްމަދު ޢަލީ ޝަރަފުއްދީން އަދި ޖޮބިން ވަރްގީސް)
-
ޑރ. މޮނިކާ އަރޯރާ
"ޑިކޯޑިންގ ބްރެސްޓް ކެންސަރ: އިންސައިޓްސް އިންޓު މޮލިއުކިއުލަރ ޕާތްވޭސް އެންޑް ތެރަޕިއުޓިކް އެޕްރޯޗަސް" (ދިރާސާ ކުރީ: ޑރ. މޮނިކާ އަރޯރާ)
-
ޑރ. ފަޒީލާ އިބްރާހީމް
ފްރޮމް ސުޕަރވައިސަރީ ޕްރެކްޓިސަސް ޓު ސުޕަރވައިސަރީ ސެޓިސްފެކްޝަން: ދަ މީޑިއޭޑިންގް ރޯލް އޮފް އިފެކްޓިވް ސުޕަރވިޝަން އިން ޕޯސްޓްގްރެޖުއޭޓް ރިސާރޗް އެޑިއުކޭޝަން: (ދިރާސާ ކުރީ: ޑރ. ފަޒީލާ އިބްރާހީމް އަދި ޑރ. ޢާއިޝަތު ސެލްނާ)
މީގެ އިތުރުން، ބެސްޓް ޕޭޕަރ އިވަލުއޭޝަން ކޮމިޓީގެ ފަރާތުން ޑރ. ރޫޕަމް ކޯނަރްގެ ޚާއްޞަ ވީޑިއޯ މެސެޖެއް މި ރަސްމިއްޔާތުގައި ހުށަހަޅައިދެވުނެވެ. އެއަށްފަހު، މުޅި ކޮންފަރެންސްގެ އެންމެ ފުރިހަމަ ދިރާސާ ކަރުދާހަށް ދެވޭ ޝަރަފުވެރި “ބެސްޓް ޕޭޕަރ އެވޯޑް” އިޢުލާންކުރެއްވީ އިންސްޓިޓިއުޓް ފޯރ ރިސާޗް އެންޑް އިނޮވޭޝަންގެ ފަރާތުން ޑރ. ޕްރަސާދު ސެލްވަރާޖެވެ. މި ޝަރަފުވެރި އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ.
ބެސްޓް ޕޭޕަރ އެވޯޑް ޙާޞިލްކުރެއްވި ފަރާތް: މަރްޔަމް ޙުދުނާ ޝަރީފް
"ދަ އިފެކް އޮފް ގްރެޓިޓިއުޑް ޖާނަލިންގ އޮން ވޯކް އެންގޭގްމެންޓް: އަ ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޕައިލޮޓް ސްޓަޑީ" (ދިރާސާ ކުރީ: މަރްޔަމް ޙުދުނާ ޝަރީފް)
މި ކޮންފަރެންސްގެ އެންޑޯސަރުންނާއި ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)އަލްފާޟިލް ޢަބްދުލް މުންނިމް މުޙައްމަދު މަނިކެވެ. މިއަހަރުގެ ކޮންފަރެންސް ކުރިއަށްދިޔައީ ޕާޓްނަރުންނާއި، ޕާޓްނަރ ޖާނަލްތަކާއި އަދި އެންޑޯސަރުން ހިމެނޭ ގޮތަށް ޖުމްލަ 21 ފަރާތެއްގެ އެހީތެރިކަމާއެކުގައެވެ.
ކޮންފަރެންސް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، އައި.ސީ.އެސް.އާރު.އައި ކޯޑިނޭޓަރ ޑރ. މަމްދޫޙާ އިސްމާޢީލް ވަނީ، ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލުމަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ދިރާސާވެރިންނަށާއި، ބައިވެރިންނަށާއި، ޕާޓްނަރުންގެ އިތުރުން ކޮންފަރެންސް އިންތިޒާމްކުރުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
advertisment
ހިޔާލު