ހުރަވީ ސްކޫލާއި ޣާޒީ ސްކޫލުގައި ހެދި ޓާފް ދަނޑު ނިންމައި އެ ދެ ދަނޑު ހުޅުވައިފިއެވެ. މި ދެ ސްކޫލުގައި ހެދި ދަނޑު ހުޅުވައި ދެއްވީ ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މިއީ ތައުލީމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮޖެކްޓެކެވެ.

ޣާޒީ ސްކޫލުން ބުނީ، އެ ސްކޫލުގައި އެޅި ޓާފް ދަނޑަކީ ހަމައެކަނި ކުޅިވަރު ކުޅޭނެ ވަސީލަތެއް ނޫން ކަމަށާއި އެއީ އެ ސްކޫލުގެ ދަރިވަރުންގެ މުސްތަގުބަލަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެ ދަނޑުގެ ސަބަބުން ދަރިވަރުންގެ ހުނަރުތައް ތަރައްގީކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި، އަދި ކުޅިވަރުގެ މައިދާނުގައާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، އަޚްލާގީ މިންގަނޑުތަކަށް ބޯލެނބުމާއި، މޮޅު ނަތީޖާ ހޯދުމަށް ދަރިވަރުންނަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

ހުރަވީ ސްކޫލުން ވެސް ބުނީ، އެއީ ހަމައެކަނި ކުޅިވަރު ކުޅޭ ދަނޑެއް ނޫން ކަމަށާއި ދަރިވަރުންގެ ހުނަރުތައް ކުރިއަރުވައި، އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އާދަޔާޚިލާފު ހުނަރުތައް ދެނެގަނެ، މުޅި އުމުރަށް ހަނދާން ހުންނާނެ ފަދަ އުފާވެރި ހަނދާންތަކެއް ބިނާކުރާނެ ތަނަކަށް އެތަން ވާނެ ކަމަށެވެ.
advertisment
ހިޔާލު