ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށު ކޮންމެ ސްކޫލަކަށް 100،000 ރުފިޔާގެ މާލީ އެހީއެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށު ކޮންމެ ސްކޫލަކަށް 100،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފައިސާގެ އެހީ އެރަށު ސްކޫލްތަކަށް ފޯރުކޮށްދެއެވެ. މި އެހީ ލިބުނީ، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި އެހީ ދެނީ، އެހީއަށް ހުޅުވާލި ފުރުސަތުގައި، ސުކޫލްތަކުން ހުށައެޅި ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށެވެ. މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ސްކޫލް އެހީގެ ޕްރޮގްރާމްގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދީފައިވެއެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *