ވިލާ ކޮލެޖުގެ ބައިނަލްއަޤްވާމީ ދިރާސާ ކޮންފަރެންސް "އައި.ސީ.އެސް.އާރު.އައި ފަށައިފި

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި ތަޢާރަފުކުރެވުނު ފުރަތަމަ ބައިނަލްއަޤްވާމީ ދިރާސާ ކޮންފަރެންސް ކަމަށްވާ، ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) 2026″ މިއަދު ހެނދުނު ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަސް ހޯލުގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ މި ކޮންފަރެންސް ބާއްވާ 10 ވަނަ ފަހަރެވެ. އޮގަސްޓު 8 އިން 9 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "ޓައިޑްސް އޮފް ޓްރާންސްފޯމޭޝަން: ޝޭޕިންގ ސަސްޓެއިނަބަލް ފިއުޗަރސް" (ބަދަލުވުމުގެ އޮއިވަރު: ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުން) އެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކޮންފަރެންސްގެ ޗެއަރ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. މުޙައްމަދު ޢާދިލް ވިދާޅުވީ، މިއަހަރުގެ ކޮންފަރެންސަށް ޖުމްލަ 116 އެބްސްޓްރެކްޓް ހުށަހެޅުނު އިރު، އޭގެ ތެރެއިން 81 އެބްސްޓްރެކްޓް ބަލައިގަނެވިފައިވާ ކަމަށެވެ. އަދި 25 ފުލް ޕޭޕަރު (ފުރިހަމަ ދިރާސާ ކަރުދާސް) ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެކަޑެމިކް، ސަރުކާރު އަދި ސިނާޢަތްތަކުން ޖުމްލަ 138 ބައިވެރިން މިއަހަރުގެ ކޮންފަރެންސްގައި ވަނީ ރަޖިސްޓްރީވެފައެވެ.

"މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދިރާސާވެރިންނާއި، ދަރިވަރުންނާއި، ސިނާޢަތްތަކުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފައްދައި، އިޖުތިމާޢީ ސައިންސާއި ތަރައްޤީގެ ދާއިރާއިން އައު ޚިޔާލުތަކާއި އީޖާދީ އުސޫލުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން،" ޑރ. ޢާދިލް ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ބައިވެރިންނަށް މަރުޙަބާ ދަންނަވައި ދެއްކެވި ވާހަކަފުޅުގައި، ކޮންފަރެންސްގެ ފެންވަރާއި މުހިންމުކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން ފާހަގަކުރެއްވިއެވެ.

"މި ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކާއި ޤައުމުތަކުގެ ޢަދަދުން އެނގިގެންދަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމީ އަދި ދިރާސާގެ މުޖުތަމަޢުގައި އައި.ސީ.އެސް.އާރު.އައި ގެ އަގު ދުވަހުން ދުވަހަށް އުފުލެމުންދާކަން. އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންވީ، މި ކޮންފަރެންސްގެ ބޭނުން ހިފައިގެން އަޅުގަނޑުމެން ކުރާ ދިރާސާތަކަކީ މުޖުތަމަޢަށް އޭގެ ހެޔޮ އަސަރު ފޯރުވަނިވި، ފައިދާކުރަނިވި ދިރާސާތަކަކަށް ހެދުން،" ޑރ. އަންވަރު ވިދާޅުވިއެވެ.

ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އައު މޮޑެލްތަކަށް ބަދަލުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

"މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ މިވަގުތަށް ނުހަނު މުނާސަބު ޝިޢާރެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުތަކުންނާއި، ދިރާސާކުރާ ފަރާތްތަކުންނާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން، އަދި ތިމާވެއްޓާ ރައްޓެހި ތަރައްޤީގެ އައު މޮޑެލްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން."

މީގެ އިތުރުން ވިލާ ކޮލެޖުން ނެރޭ ޖާނަލް "އިންޓަނޭޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައި.ޖޭ.އެސް.އާރު.އައި)" ގެ 9 ވަނަ ވޮލިއުމްގެ 2 ވަނަ އިޝޫ ރަސްމީކޮށް ނެރެދެއްވީ ޝަރަފުވެރި މެހެމާނު މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖުމްލަ 3 ކީނޯޓް ސްޕީޗް، 4 ޕެނަލް ޑިސްކަޝަން އަދި 8 "އިމްޕެކްޓް ރޫމް" ސެޝަން ކުރިއަށްދާނެއެވެ. "އިމްޕެކްޓް ރޫމް" ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އަދި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މަޝްވަރާތައް ކުރުމެވެ.

ޕެނަލް ޑިސްކަޝަންތަކުގެ މައުޟޫޢުތައް:

ޕެނަލް 1: ނެވިގޭޓިންގ ދަ އަންސީން ސްޓްރެއިން: މިޓިގޭޓިންގ މޮޑަރން ސައިކޯސޯޝަލް ރިސްކްސް އިން އެން އަންސަރޓެން ވޯލްޑް

ޕެނަލް 2: ސްކިލްސް އެޒް އިކޮނޮމިކް އިންފްރާސްޓްރަކްޗަރ: އެލައިނިންގ ޓީ.ވީ.އީ.ޓީ ވިތު ޑައިވަރސިފިކޭޝަން އެޖެންޑާސް އިން ދަ މޯލްޑިވްސް

ޕެނަލް 3: ކްލޯޒިންގ ދަ ޑިޖިޓަލް ޑިވައިޑް: ޓުވާރޑްސް މޯރ އިންކްލޫސިވް އެންޑް އިކުއިޓަބަލް ފިއުޗަރސް

ޕެނަލް 4: ބިޔޯންޑް ބިންސް: ގަވަރނިންގ ވޭސްޓް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)

"އިމްޕެކްޓް ރޫމް" ސެޝަންތަކުގެ މައުޟޫޢުތައް:

މެންޓަރިންގ އެންޑް ކޯޗިންގ ފޯރ ލާސްޓިންގ އިމްޕެކްޓް

ޕޮޒިޓިވް އިފެކްޓްސް އޮފް ޑިޖިޓަލް ޓްރާންސްފޯމޭޝަން އިން ދަ މޯލްޑިވްސް

ޓޫރިޒަމް އެޓް އިޓްސް ލިމިޓްސް: މެނޭޖިންގ ގްރޯތް، ކެރީއިންގ ކެޕޭސިޓީ، އެންޑް ކޮމިއުނިޓީ އިމްޕެކްޓްސް

ސަސްޓެއިނިންގ ދަ ސީސް: ގަވަރނިންގ ފިޝަރީޒް ފޯރ ލައިވްލީހުޑްސް، ފުޑް ސެކިއުރިޓީ، އެންޑް ބަޔޯޑައިވަރސިޓީ

ގަވަރނިންގ އިމަރޖިންގ ޓެކްނޮލޮޖީޒް އިން ސްމޯލް ސްޓޭޓްސް

އެޑިއުކޭޝަން ސިސްޓަމްސް ފޯރ އަންސަރޓެން ފިއުޗަރސް: ޕްރިޕެއަރިންގ ލަރނަރސް ފޯރ އިންޑަސްޓްރީ 4.0

ބިޔޯންޑް އެޑަޕްޓޭޝަން: ސިނަރޖީޒް އެންޑް ޓްރޭޑްއޮފްސް އިން ބެރިއަރސް އެންޑް ލިމިޓްސް އޮފް ސަސްޓެއިނަބިލިޓީ

ޑީސެންޓްރަލައިޒޭޝަން އެންޑް ޕީޕަލް ސެންޓަރޑް ގަވަރނަންސް

ކީނޯޓް ސްޕީކަރުންނާއި މައުޟޫޢުތައް:
  1. ޑރ. އަޙްމަދު މުޙައްމަދު (މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)

މައުޟޫޢު: ފްރޮމް ކޮމިޓްމަންޓް ޓު ޓްރާންސްފޯމޭޝަން: އިވެލުއޭޓިންގ ނޭޝަނަލް އެޑިއުކޭޝަން ރިފޯމް އެފޯރޓްސް

  1. ޕްރޮފެސަރ ޑރ. އެމް.ޑީ ނަޒްރުލް އިސްލާމް (ޕްރޯ-ވައިސް ޗާންސެލަރ، ޕަބްނާ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ބަންގްލަދޭޝް)

މައުޟޫޢު: ބިޓްވީން ރައިޒިންގ ޓައިޑްސް އެންޑް ޝްރިންކިންގ ޕްލޭޓްސް: ސަސްޓެއިނަބަލް ފުޑް ފިއުޗަރސް ފޯރ ދަ ރިސޯސް-ޑިޕެންޑެންޓް ޕީޕަލް އޮފް ދަ ބަންގްލަދޭޝް ސުންދަރުބަންސް

  1. އެސޯސިއޭޓް ޕްރޮފެސަރ ސިއާމަކް ސޭފީ (އޯލޫ ޔުނިވަރސިޓީ، ފިންލެންޑް)

މައުޟޫޢު: ރީތިންކިންގ ޓޫރިޒަމް ރެޒިލިއެންސް އިން އެން އެރާ އޮފް ޕޮލީކްރައިސިސް: ރީއިމޭޖިނިންގ ދަ ފިއުޗަރ އޮފް އައިލެންޑް ކޮމިއުނިޓީޒް

ދިރާސާ ކަރުދާސްތައް ބަހާލެވިފައިވާ 8 ދާއިރާ:
  • އިކުއިޓަބަލް ވާރކްފޯސަސް އެންޑް އެމްޕަވަރޑް ކޮމިއުނިޓީޒް
  • އިންޓެގްރޭޓެޑް ހެލްތު ސިސްޓަމްސް، ކްލިނިކަލް ޕްރެކްޓިސް، އެންޑް ވާރކްފޯސް ރެޒިލިއެންސް
  • ޑިޖިޓަލް ލަރނިންގ، ކަލްޗަރަލް އެކްސްޕްރެޝަން، އެންޑް ޓްރާންސްފޯމޭޓިވް އެޑިއުކޭޝަން
  • ސޯޝަލް އިނޮވޭޝަން ފޯރ އިކުއިޓީ، އިންކްލޫޝަން، އެންޑް ހިއުމަން ޑިގްނިޓީ
  • ޓްރާންސްފޯމޭޓިވް ޑިޖިޓަލް ފިއުޗަރސް އެންޑް އެތިކަލް ޓެކްނޮލޮޖީޒް
  • ސަރކިއުލޭޓިންގ ކޮމިއުނިޓީޒް އެންޑް އެޑަޕްޓިވް މޮބިލިޓީ
  • ސަރކިއުލަރ އިކޮނޮމީޒް، ރިނިއުއަބަލް އެނަރޖީ، އެންޑް ލޯ-ކާބަން ޓްރާންސިޝަންސް
  • ލީގަލް ސިސްޓަމްސް، ޕަބްލިކް ޕޮލިސީ، އެންޑް ސޯޝަލް ޓްރާންސްފޯމޭޝަން

މިއަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ ޕާޓްނަރުންނާއި، ޕާޓްނަރ ޖާނަލްތަކާއި އަދި އެންޑޯސަރުން ހިމެނޭ ގޮތަށް ޖުމްލަ 21 ފަރާތެއްގެ އެހީތެރިކަމާއެކުގައެވެ.

ކޮންފަރެންސްގެ ޕާޓްނަރުން:
  • އަމާނާ ތަކާފުލް
  • މޯލްޑިވްސް ޕެންޝަން އޮފީސް
  • ވީ.ޓީ.ވީ
  • ދިރާގު
  • ލެމަންގްރާސް
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް)
ޕާޓްނަރ ޖާނަލްތައް:
  • ސެންޓަރ ފޯރ ބިހޭވިއަރ އެންޑް ވެލްނެސް އެޑްވޮކަސީ
  • ޑިސްކަވަރ ސައިކޮލޮޖީ
  • ކްލަސްޓަރ ފޯރ ރިސާޗް އެންޑް އިނޮވޭޝަން އިން ޓުއަރިޒަމް
  • އޭޝިއާ-ޕެސިފިކް ޖާނަލް އޮފް އިނޮވޭޝަން އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް
އެންޑޯސަރުން:
  • މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)
  • އެންވަޔަރަންމަންޓް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން – ދިއްލީ
  • ފްރެޝްވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ (ފަންސާ)
  • ސޯޝަލް އެންޓަޕްރައިޒަސް މޯލްޑިވްސް
  • ވޯޓަރކެއަރ ސޯޝަލް އެންޓަޕްރިނިއަރޝިޕް ފޯރ އެސް.ޑީ.ޖީ 6
  • ވިމެން އިން ޓެކް
  • ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)
  • ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)
  • ބާ ކައުންސިލް

މި ކޮންފަރެންސް ނިންމާލުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ އޮގަސްޓު 9 ވަނަ ދުވަހުގެ ހަވީރުއެވެ. މި ރަސްމިއްޔާތުގައި، ހުށަހެޅޭ ދިރާސާ ކަރުދާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަރުދާސްތަކަށް "ބެސްޓް ޕޭޕަރ އެވޯޑް" އަދި "ބެސްޓް ޕޭޕަރ ޕްރެޒެންޓޭޝަން އެވޯޑް" ދިނުން އޮންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *