އަޒްހަރުން ދިން 22 ސްކޮލަޝިޕަށް ފޯމް ހުށައެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް

އަލް- އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ދިން 22 ސްކޮލަޝިޕަށް ހުޅުއެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް އިތުރުކޮށްފިއެވެ.

އަޒްހަރުންދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނާއި ޝަރީޢާގެ ރޮނގުން ފަސް ފުރުސަތަކާއި ނެޗުރަލް ސައިންސާއި ހިސާބާއި ތަފާސްހިސާބުތަކުގެ ރޮނގުން 17 ފުރުސަތެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފައިވާ ގޮތުގައި މި ސްކޮލަރޝިޕުގެ ދަށުން ފުރުޞަތު ދެނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ފުރިފައި ނުވާނަމައެވެ. މިނިސްޓްރީ މެދުވެރިވެގެން ކިޔަވަން ނަގައިފައިވާ ލޯނުތައް ގަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމެވެ. ދެން ހިމެނެނީ، ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުމެވެ.

ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން ފޯމާ އެކީ އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދައިފައިވާ މެޑިކަލް ރިޕޯޓުގެ ކޮޕީއާއެކު ކުރި ޕޯޓަލް  އަށް،  އޮގަސްޓު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހުށައަޅަން ޖެހެއެވެ. އަދި އެޕްލިކޭޝަންގެ ހާރޑް ކޮޕީ 12 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 11.00 ގެ ކުރިން އެ މިނިސްޓްރީގެ ކައުންޓަރަށް ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *