ދަރިފުޅުގެ އުޖާލާ މުސްތަޤުބަލަކަށް – އެލައިޑްގެ "ސެކަންޑަރީ ސްކޫލް އެކްސްޕެންސަސް ޕްލޭން"

އެލައިޑް ތަކާފުލްގެ "ސެކަންޑަރީ ސްކޫލް އެކްސްޕެންސަސް ޕްލޭން"އަކީ ދަރިފުޅުގެ ޅައުމުރުގައި ރައްކާތެރިކަމާއެކު ފައިސާ ރައްކާކޮށް، ސުކޫލަށް ދާ އުމުރުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

ޕްލޭން ބައްޓަންވެފައިވާ ގޮތާއި މުހިންމު ޝަރުޠުތައް

މި ޕްލޭނަކީ ބެލެނިވެރިޔާގެ މާލީ ކުޅަދާނަކަމަށް ރިއާޔަތްކޮށް، ވަރަށް ލުއިފަސޭހަ އަދި ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

ބައިވެރިވެވޭ އުމުރު: މި ޕުލޭންގައި ބައިވެރިވެވޭނީ 0 އިން 5 އަހަރާ ދެމެދުގެ ކުދިންގެ ބެލެނިވެރިންނަށެވެ.

ސަމް ކަވަރޑް އަދި ކޮންޓްރިބިއުޝަން: އަމިއްލަ މާލީ ތަނަވަސްކަން ހުރި މިންވަރަކަށް ބަލާ ސަމް ކަވަރޑް (ނަންގަވާ ޕްލޭންގެ ޖުމްލަ އަދަދާއި) ކޮންޓްރިބިއުޝަން (ބައިވެރިވުމަށް ދައްކަވަންޖެހޭ ފައިސާގެ އަދަދު) އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވެއެވެ. މި ޕްލޭންގެ ދަށުން ނެގޭނެ އެންމެ ކުޑަ ޖުމުލަ އަދަދަ އަކީ 100,000 (އެއްލައްކަ) ރުފިޔާއެވެ.

މުއްދަތު: ދަރިފުޅަށް 13 އަހަރު ފުރެންދެން ގަވާއިދުން ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.

ޕްލޭންގެ ދަށުން ލިބޭ މާލީ މަންފާތައް

މި ޕްލޭންގެ އެންމެ ޚާއްޞަ އެއްކަމަކީ ދަރިފުޅުގެ ސެކަންޑަރީ ތަޢުލީމީ ޚަރަދުތައް އެންމެ ބޮޑުވާ އުމުރުގައި ގަވައިދުން ފައިސާގެ އެހީތެރިކަން ލިބިގެންދިއުމެވެ.

ދަރިފުޅަށް 13 އަހަރުން ފެށިގެން 17 އަހަރު ފުރެންދެން، ކޮންމެ އަހަރަކު ސަމް ކަވަރޑްގެ %15 ފައިސާގެ ގޮތުގައި ލިބެއެވެ.

18 އަހަރު ފުރުމުން (މެޗިއުރިޓީ): ދަރިފުޅަށް 18 އަހަރު ފުރުމުން، ސަމް ކަވަރޑްގެ ބާކީވާ %25 ގެ އިތުރުން މުޅި މުއްދަތުގައި އެއްވެފައިވާ ފައިދާގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ލިބިގެންދާނެއެވެ.

އެއްކޮށް ނެގުމުގެ އިޚްތިޔާރު: އަހަރަކު އެއްފަހަރު ފައިސާ ނެގުމުގެ ބަދަލުގައި، މުޅި ސަމް ކަވަރޑްގެ ފައިސާ ސެޓިފިކެޓް މެޗުއަރ ވުމުން (18 އަހަރު ފުރުމުން) އެއްކޮށް ނެގުމުގެ ފުރުޞަތުވެސް ބެލެނިވެރިންނަށް ލިބިގެންވެއެވެ.

ދަތި ދަނޑިވަޅެއްގައި ލިބޭ ރައްކާތެރިކަން:

ދިރިއުޅުމުގައި ކަންކަން ކުރިމަތިވަނީ އަޅުގަނޑުމެން ހީކުރާ ގޮތަކަށް ނޫނެވެ. ދަރިފުޅަށް 13 އަހަރު ފުރުމުގެ ކުރިން (ކޮންޓްރިބިއުޝަން ދައްކާ މުއްދަތުގެ ތެރޭގައި) ބެލެނިވެރިޔާ ނިޔާވިނަމަވެސް، އެލައިޑުން އިތުރަށް ދައްކަންޖެހޭ ކޮންޓްރިބިއުޝަންތައް މަޢާފްކޮށްދޭނެއެވެ. އަދި ކަނޑައެޅިފައިވާ މަންފާގެ ފައިސާ އެއްވެސް އުނިކަމެއް ނެތި ދަރިފުޅަށް ލިބެމުންދާނެއެވެ. މިއީ ބެލެނިވެރިޔާ ނެތް ދުނިޔެއެއްގައިވެސް ދަރިފުޅުގެ ތަޢުލީމީ މުސްތަޤުބަލު ރައްކާތެރިކޮށްދޭ މުހިންމު ކަށަވަރުކަމެކެވެ.

ލިބެންހުރި ޚާއްޞަ ޑިސްކައުންޓްތައް

ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ދާއިރާތަކުން ޑިސްކައުންޓް ލިބެންހުރެއެވެ.

ބޭނުންވާ ލިޔެކިއުންތައް
  • ބެލެނިވެރިޔާ އަދި މަންފާ ލިބޭ ދަރިފުޅުގެ އައިޑީ ކާޑު ކޮޕީ.
  • މަހުން މަހަށް ފައިސާ ދައްކާ ސެޓިފިކެޓެއްނަމަ، އެންމެ ފުރަތަމަ ދައްކަންޖެހޭ 3 މަހުގެ ކޮންޓްރިބިއުޝަން ފައިސާ.
  • މެޑިކަލް ރިޕޯޓް (އެދިއްޖެ ހާލަތެއްގައި އެކަނި).

އެލައިޑްގެ "ސެކަންޑަރީ ސުކޫލް އެކްސްޕެންސަސް ޕްލޭން" އަކީ ހަމައެކަނި ފައިސާ ރައްކާކުރާ އެކައުންޓެއް ނޫނެވެ. މިއީ ދަރިފުޅުގެ އުނގެނުމުގެ މުހިންމު ދާއިރާތަކަށް ބޭނުންވާ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދީ، މާދަމާގެ ގޮންޖެހުންތަކުން ދަރިފުޅު ރައްކާތެރިކުރުމަށް ޓަކައި މިއަދު އެޅޭނެ އެންމެ ބުއްދިވެރި ފިޔަވަޅެވެ. ދަރިފުޅުގެ މުސްތަޤުބަލް އުޖާލާކޮށް، ތަޢުލީމީ ޙަޔާތް ބައްޓަންކުރުމަށް ޓަކައި އަވަހަށް ފައިސާ ރައްކާކުރަން ފެށުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *