އަންނަ ދިރާސީ އަހަރު އަޙްމަދިއްޔާއަށް ވަންނަން ހުޅުވާލައިފި

2027 ވަނަ އަހަރު އަޙްމަދިއްޔާ ސްކޫލަށް ވަންނަން ހުޅުވާލައިފިއެވެ.

އެ ސްކޫލުން ބުނީ ބޭބީ ނާސަރީން ފެށިގެން ގުރޭޑް 10އާ ހަމައަށް އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މިހާރު ޖާގަ ދެމުން ގެންދާ ކަމަށެވެ.

ބޭބީ ނާސަރީ އާއި ނާސަރީއާއި އެލްކޭޖީ އާއި ޔޫކޭޖީގެ އިތުރުން ގުރޭޑް 1އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އޮގަސްޓް 31 ނިޔަލަށް، ގުރޭޑް 2ން ފެށިގެން ގުރޭޑް 10އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ޖާގަ ހަމަޖައްސައިދޭނީ ސެޕްޓެމްބަރު މަހުގެ 30އާ ހަމައަށް ކަމަށް އަޙްމަދިއްޔާއިން ބުނެއެވެ.

އަޙްމަދިއްޔާއިން ބުނީ، ދަރިވަރުންނަށް ފަހި މާހައުލެއް އެ ސްކޫލުގައި އަބަދުމެ ޤާއިމްކޮށްފައި އޮންނާނެ ކަމަށާއި އަދި އެއީ ރައްކާތެރިކަމާއި ޒަމާނީ ވަޞީލަތްތައް ވެސް އެންމެ ފުރިހަމަ އެއް ސްކޫލު ކަމަށެވެ.

ބޭބީ ނާސަރީން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދެމުންދާ އަޙްމަދިއްޔާ ސްކޫލުގައި 3000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *