30ޖުލައި: ދެވަނަ ޓާމުގައި އެމްއެންޔޫއިން ފަށާ ކޯސްތަކަށް ކުރިމަތި ލުމުގެ ސުންގަޑި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުމަށް ރޭވިފައިވާ ކޯސްތަކަށް ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އެ ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި، ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް ގައި ޝާއިރު ކުރާނެއެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވާސިޓީގެ ވެބްސައިޓަށް ހާމަ ކުރެވެމުން ދާނެއެވެ. މި ކޯސްތަކަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ހަމަޔަށް، ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު ކޯސްތަކާ ބެހޭ މަޢުލޫމާތު އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު މެއިލް ކުރެއްވުމުން އަދި ވެބްސައިޓް  3345155 ފޯން އަދި  ފޭސްބުކް ޕޭޖު އިން ލިބޭނެއެވެ.

ދެވަނަ ޓާމުގައި 100އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެމްއެންޔޫއިން ވަނީ ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *