މޮރޮކޯއިންދޭ 20 ސްކޮލަރޝިޕަށް ކުރިމަތިލާން މަތީ ތައުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މޮރޮކޯ ސްކޮލަރޝިޕުގައި ދެނީ ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ 10 ފުރުސަތާއި މާސްޓަރސްއަށް ކިޔަވަންދޭ 5 ފުރުޞަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔަވަންދޭ 5 ސްކޮލަރޝިޕެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ 10:00އެވެ. ސްކޮލަރޝިޕްގެ ޝަރުޠެއް ކަމަށް ބަޔާން ކޮށްފައިވަނީ، ބެޗްލާސް ޑިގްރީއަށް، ޖިސީއީ އޯލެވެލް / އައިޖީސީއެސްސީ/ އެސްއެސްސީ އިމްތިޙާނުގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން ނުވަތަ އޭ ލެވެލްގެ 3 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުމެވެ. އަދި 19 އަހަރު ފުރި 23 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.
މާސްޓަރސް ޑިގްރީ ކޯހުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމެވެ. ޕީއެޗްޑީ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައވުމެވެ.
އެ އިއުލާނުގައި އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރު ޞަތު ދޫކޮށްލަން ޖެހޭނެއެވެ. ނަމަވެސް ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
advertisment
ހިޔާލު