އަލް- އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ދިން 22 ސްކޮލަޝިޕަށް ހުޅުވައިލައިފިއެވެ.
އަޒްހަރުންދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނާއި ޝަރީޢާގެ ރޮނގުން ފަސް ފުރުސަތަކާއި ނެޗުރަލް ސައިންސާއި ހިސާބާއި ތަފާސްހިސާބުތަކުގެ ރޮނގުން 17 ފުރުސަތެވެ.
މި ސްކޮލަރޝިޕުގެ ދަށުން ފުރުޞަތު ދެނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ފުރިފައި ނުވާނަމައެވެ. މިނިސްޓްރީ މެދުވެރިވެގެން ކިޔަވަން ނަގައިފައިވާ ލޯނުތައް ގަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމެވެ. ދެން ހިމެނެނީ، ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުމެވެ.
ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން ފޯމާ އެކީ އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދައިފައިވާ މެޑިކަލް ރިޕޯޓުގެ ކޮޕީއާއެކު ކުރި ޕޯޓަލް އަށް، އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހުށައަޅަން ޖެހެއެވެ.
advertisment
ހިޔާލު