ދަ ވޮއިސް" ގެ ނަމުގައި ޕްޑްކާސްޓް ޝޯވ އެއް ސީއެޗްސީ މާލެގެ ދަރިވަރުން ފަށައިފިއެވެ.
މިއީ މާނަހުރި މަޝްވަރާތަކެއް ކުރުމަށާއި، ދަރިވަރުންގެ ތަފާތު ޚިޔާލުތައް ހިއްސާކުރުމުގެ އިތުރުން، ސްކޫލްގެ މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ފެށި ޕޮޑްކާސްޓް ޝޯވއެކެވެ.
މި ޕޮޑްކާސްޓް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހު، ސީ.އެޗްއެސްއީގެ 47 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.
މި ޕޮޑްކާސްޓްގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ އަޑު އިއްވައިދިނުމާއި، ތަފާތު މުހިންމު ޚިޔާލުތައް ހިއްސާކުރުމެވެ. އަދި އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ދަމަހައްޓައި، އެންމެންނަށް ހިތްވަރު ލިބިދޭނެ ފަދަ މާހައުލެއް ބިނާކުރުމެވެ.
"ދަސް ވޮއިސް" ޕޮޑްކާސްޓްގެ ދެ އެޕިސޯޑް މިހާތަނަށް ވަނީ ގެނެސްދީފައެވެ. އެ ދެ އެޕިސޯޓް އޮންލައިންކޮށް މިހާރު އަޑުއަހާލެވޭނެއެވެ. މި އެޕިސޯޑްތައް ހުށަހަޅައިދިން ދަރިވަރުން ވަނީ ވަރަށް ފުރިހަމަ އަދި ނަމޫނާ މަސައްކަތްތަކެއް ދައްކުވައިދީފައެވެ.
ފުރަތަމަ އެޕިސޯޑްގައި، މުޙައްމަދު މިޝްޢަލް ސަލްމާން އަދި މުޙައްމަދު މިރުޝާދު ވަނީ ވޯލްޑް ކަޕާ ގުޅޭގޮތުން ޝައުގުވެރި މަޝްވަރާތަކެއް ކޮށްފައެވެ. ކުޅިވަރުގެ ފޯރީގެ އިތުރުން، ދަންވަރު ކުޅޭ މެޗުތައް ބަލަމުންވެސް، ކިޔެވުމުގެ ކަންކަމާއި ސްކޫލަށް ހާޒިރުވުމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރާނެ ރޭވުންތެރި ގޮތްތަކާ ބެހޭގޮތުން އަގުހުރި، އަމަލީ މަޢުލޫމާތުތަކެއް މި އެޕިސޯޑުގައި ހިއްސާކޮށްފައިވެއެވެ.

ދެވަނަ އެޕިސޯޑްގައި އެންވައިރަންސް ކުލަބުގެ ރައީސާ ޢާއިޝަތު ސާރާ އަރުސަލް އަދި އަޙްމަދު ޝަޔާން ޝާމިން ވަނީ ތިމާވެށީގެ ޒިންމާތަކާ ބެހޭގޮތުން މުހިންމު ވާހަކަތަކެއް ދައްކާފައެވެ. މިގޮތުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް މި އެޕިސޯޑުގައި އަލިއަޅުވާލާފައިވެއެވެ.
ސީއެޗްއެސްއީ ބުނީ، މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕްޑްކާސްޓް ޝޯވއެއްކަމަށެވެ.
advertisment
ހިޔާލު