ދެވަނަ ޓާމުގައި އަލަށް ފަށާ ދަނޑުވެރިކަމާ ގުޅުން ހުރި ތިން ކޯހަކަށް އެމްއެންޔޫއިން ހުޅުވާލައިފި

ދެވަނަ ޓާމުގައި އަލަށް ފަށާ ދަނޑުވެރިކަމާ ގުޅުން ހުރި ތިން ކޯހަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން (އެމްއެންޔޫ)އިން  ހުޅުވާލައިފިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގައި އަންނަ އޮގަސްޓްގައި ކިޔަވައިދޭން ފަށާ އައު ކޯސްތަކަކީ މާލޭ ކެމްޕަހުގައި ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

އަލަށް އިޢުލާނުކުރެވުނު ކޯސްތަކަކީ:
–  ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް
–  އެޑްވާންސްޑް ޑިޕްލޮމާ އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް)
–  ބެޗްލަރ އޮފް ސައިންސް އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް)

މި ކޯސްތައް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އީޖާދީ މަސައްކަތްތަކަށް ބޭނުންވާ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ސައިންސްގެ ދާއިރާއިން މީހުން ބިނާކުރުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *