އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވާން ހުޅުވާލައިފި

އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ އެޑެކްސެލް އައިއޭއެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމުން ބުނީ، އެ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެޑެކްސެލްގެ ވަކިވަކި މާއްދާތަކުގެ ފީއަށް ބަލާއިރު، އެކައުންޓުންގ މާއްދާގެ ޖުމްލަ ފީއަކީ ދެ ޔުނިޓް އެއްކޮށް 6515 ރުފިޔާއެވެ. ލޯ މާއްދާގެ ފީއަކީ 3220 ރުފިޔާއެވެ.

ސައިންސްގެ މާއްދާތަކުގެ ތެރޭގާއި ހިމެނޭ ބައޮލޮޖީއާއި ކެމިސްޓްރީއާއި ހިސާބުގެ އިތުރުން ފިޒްކްސްގެ ފީއަކީ  905 ރުފިޔާއިން ފެށިގެން 5155 ރުފިޔާ ދެމެދެއެވެ. ބިޒްނަސް މާއްދާތަކުގެ ތެރޭގައި ހިމެނޭ ބިޒްނަސް ސްޓަޑިޒް އެންޑް އިކޮނޮމިކްސްގެ ފީއަކީ 1245 ރުފިޔާއާއި 4815 ރުފިޔާ ދެމެދެވެ.

އެޗްއެސްސީގައި ހިމެނޭ އިސްލާމާއި ދިވެއްސާއި ކޯ މެތަމެޑިކްސްގެ ފީއަކީ ތިން މާއްދާއަށް 305 ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *