މުދައްރިސުންގެ ދުވަހު، ހުރިހާ މުދައްރިސުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި

ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު މުދައްރިސުންނާ ބައްދަލުކުރެއްވުން: ކޮވިޑްގެ ހާލަތުގައި ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލުކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަ ކުރުމަކީ ލާޒިމްކަމެއް ވަނީ ވިދާޅުވެފައި.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނާ ބައްދަލުކުރައްވާ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، މުދައްރިސުންނާ މިނިސްޓަރު ބައްދަލުކުރެއްވީ ވަރޗުއަލްކޮށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ބުރަ މަސައްކަތުގައި މުދައްރިސުންގެ ދައުރާމެދު ވާހަކަފުޅު ދައްކަވާފައެވެ.

މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ސްކޫލްތަކުން ފާހަގަކުރަމުންދާއިރު، ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުންކަމަށާއި، ކޮވިޑާ ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލުކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަ ކުރުމަކީ ލާޒިމްކަމެއް ކަމަށެވެ.

މުދައްރިސުންގެ ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ " ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ މަސައްކަތުގެ ހިތަކީ، ނުވަތަ ރޫޙަކީ މުދައްރިސްކަމެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *