ކޮރެއާގައި މާސްޓަރސް އާއި ޕީއެޗްޑީއަށް ކިޔަވަން 15 ސްކޮލަރޝިޕް ފުރުޞަތު

އަންނަ އަހަރު ކިޔަވަން ފަށާ، ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމުގެ ދަށުން ޕީއެޗްޑީއާއި މާސްޓަރސް ޑިގްރީއަށް ކިޔަވަން ހުޅުވާލައިފިއެވެ.

ކޮރެއާގެ ޔުނިވަރސިޓީތަކުގައި ކިޔަވަންދޭ މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލީ، 4 ޕީއެޗްޑީއާއި 14 މާސްޓަރސްއަށެވެ.

ދާއިރާތަކާއި އޮފާރ ކުރާ ޔުނިވާރސިޓީތައް:

  • މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން އީ ގަވަރމެންޓް އެންޑް ޕަބްލިކް މެނޭޖްމެންޓް – ހަންތޮންގް ގްލޯބަލް ޔުނިވަރސިޓީ / ސަންގްކިޔުންކްވާން ޔުނިވަރސިޓީ)
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން އިކޮނޮމިކް ޑެވެލޮޕްމެންޓް ޕޮލިސީ ފޯރ ސަސްޓެއިނަބަލް އެންޑް އިންކްލޫސިވް ގްރޯތް – ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމެންޓް
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ކެޕޭސިޓީ ބިލްޑިންގް ފޯރ މެނޭޖިންގް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓް – އިންޗެއޮން ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ހެލްތް ޕޮލިސީ އެންޑް ފައިނޭންސިންގ ކެޕޭސިޓީ ބިލްޑިންގ – ޔޮންސެއި ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ އިން ކެޕޭސިޓީ ބިލްޑިންގ އޮން ހައި ވެލިއު އެޑެޑް އެގްރިކަލްޗަރ – ކިޔޮންގްޕޫކް ނެޝަނަލް ޔުނިވަރސިޓީ
  • ޑޮކްޓޯރަލް ޑިގްރީއިން ކެޕޭސިޓީ ބިލްޑިންގ އޮން ހައި ވެލިއު އެޑެޑް އެގްރިކަލްޗަރ – ކިޔޮންގްޕޫކް ނެޝަނަލް ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ އިން ގްލޯބަލް ފިޝަރީޒް ޑިވެލޮޕްމެންޓް – ޕުކްޔޮންގް ނޭޝަނަލް ޔުނިވަރސިޓީ
  • ޑޮކްޓޯރަލް ޑިގްރީ އިން ގްލޯބަލް ފިޝަރީޒް ޑިވެލޮޕްމެންޓް – ޕުކްޔޮންގް ނޭޝަނަލް ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ އިން އޭއައި ޑިޖިޓަލް އިނޮވޭޝަން – ސޯލް ޔުނިވަރސިޓީ
  • ޑޮކްޓޯރަލް ޑިގްރީ އިން އޭއައި ޑިޖިޓަލް އިނޮވޭޝަން – ސޯލް ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ އިން ކޮންޓްރޯލް އޮފް އިންފެކްސިއަސް ޑިސީސް – ޔޮންސެއި ޔުނިވަރސިޓީ
  • ޑޮކްޓޯރަލް ޑިގްރީ އިން ކޮންޓްރޯލް އޮފް އިންފެކްސިއަސް ޑިސީސް – ޔޮންސެއި ޔުނިވަރސިޓީ
  • މާސްޓަރސް ޑިގްރީ އިން ޑިޖިޓަލް ހެލްތް – ޔޮންސެއި ޔުނިވަރސިޓީ (މިރައެ ކެމްޕަސް)
  • މާސްޓަރސް ޑިގްރީ އިން ސޯޝަލް އިކޮނޮމީ – ޔޮންސެއި ޔުނިވަރސިޓީ (މިރައެ ކެމްޕަސް)

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  2. މަދުވެގެން 2 އަހަރު ދުވަހުގެ ވަޒީފާގެ ތަޖުރިބާ ލިބިފައިވުން.
  3. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށްވުން.
  4. 06 ޖުލައި 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.
  5. ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން
  6. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
  7. މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

ޕީ.އެޗް.ޑީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށްވުން.
  3. މާސްޓަރސް ޑިގްރީ ހާޞިލްކުރި ފަހުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. 06 ޖުލައި 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.
  5. ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން
  6. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
  7. މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ޕޯޓަލްއިން ލިބެން ހުންނާނެއެވެ. ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.  އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 2 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https:// kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ޕޯޓަލް   https:// kuri.gov.mvއިންނާއި ކޮއިކާގެ ވެބްސައިޓް

https://www.koica.go.kr/sites/koica_en/index.do އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ schol@mohe.gov.mv އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *