ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
15 އަހަރުން ދަށުގެ ޗެންޕިއަންކަން ޣިޔާޘުއްދީނުން ހޯދީ ފައިނަލުގައި 18-14 އިން ހިރިޔާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗްގެ ކްއީންއަކީ ޣިޔާޘުއްދީނުގެ ޒާޔާ އާމިރު ވަހީދެވެ.
17 އަހަރުން ދަށުގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ފައިނަލުގައި ފައިނަލުގައި 46-27 ގެ ބޮޑު ތަފާތަކުން ހުރަވީ ސްކޫލުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ ކްއީންއަކީ ޣިޔާޘުއްދީނުގެ އަޔައިޝާ އައިލީން އަޙްމަދެވެ.
ފައިނަލް މެޗް ޝަރަފުވެރިކޮށް ދެއްވައި ޗެމްޕިއަންޓީމަށާއި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމްތައް ހަވާލުކޮށް ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދެވެ.
advertisment
ހިޔާލު