ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އަރަބިބަހުގެ ކްރޭޝް ކޯސް" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، މި ކޯހަކީ އަރަބި ބަހުގެ އަސާސީ މަޢުލޫމާތުތައް އުނގަންނައިދީ، ޔުނިވަރސިޓީން ކުރިއަށްގެންދާ އަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ބިންގާ އެޅުމަށް މަގުފަހިކޮށްދިނުމުގެ މަޤޞަދުގައި ހިންގާ ކޯހެކެވެ.
މި ކޯހުގެ ކިޔެވުން ފަށަނީ އަންނަ ޖުލައި މަހުގެ 09 ޖުލައިގައި އެމްއެންޔޫގެ މާލެ ކެމްޕަހުގައެވެ. މި ކޯސް ކުރިއަށްދާނީ ހައިބްރިޑް މޮޑަލްއަށް ކަމަށްވާތީ، ބައިވެރިންނަށް ކެމްޕަހަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށްވެސް ބައިވެރިވެވޭނެއެވެ.
މި ކޯހުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 100 ބައިވެރިންނަށެވެ. އެއީ ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ 40 ބައިވެރިންނާއި، އޮންލައިންކޮށް ބައިވެރިވާ 60 ބައިވެރިންނަށެވެ. ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
މިއީ ފީއަކާ ނުލައި، މުޅިން ހިލޭ ކުރިއަށްގެންދާ ކޯހެކެވެ. 16 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މި ކޯސް ފުރިހަމަކުރުމުން އަރަބި ބަހުގެ އަސާސީ މައުލޫމާތުތައް އޮޅުންފިލައި، މަތީ ފަންތީގެ އަރަބި ބަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފަސޭހަވެގެންދާނެއެވެ.
ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސުންގަޑީގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
ކޯހާ ގުޅޭ މުހިންމު މަޢުލޫމާތު:
- ސުންގަޑި: 05 ޖުލައި 2026، ރޭގަނޑު 23:59 އަށް
- ކޯސް އޮންނަ ތާރީޚު: 09 ޖުލައި 2026
- ވަގުތު: ރޭގަނޑު 20:15 އިން 23:15 އަށް
- ކުރިއަށްދާ ތަން: އެމް.އެން.ޔޫ މާލެ ކެމްޕަސް
- ކިޔަވައިދޭ ގޮތް: ހައިބްރިޑް (ކެމްޕަހަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް)
- މުއްދަތު: 3 ގަޑިއިރު
- ޝަރުޠު: 16 އަހަރުން މަތީގެ ފަރާތްތަކަށް
- ކޯސް ފީ: ހިލޭ
advertisment
ހިޔާލު