2025 ވަނަ ދިރާސީ އަހަރު، ހުރަވީ ސްކޫލުން އެއްވަނަ މުޙައްމަދު މަލީޙް ޢަލީ ހޯދައިފިއެވެ. ދެވަނަ ހޯދީ، މަރިޔަމް މަންހާ މުޙައްމަދެވެ. ތިންވަނަ ހޯދި، އާއިޝަތު އިޝްޔާ ޢަލީ ޝަރީފެވެ.
ހުރަވީ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ހޯމަ ދުވަހުގެ ރޭގައެވެ. ޝަރަފުވެރިކޮށް ދެއްވީ މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދﷲ ނަޒީރެވެ.
ހުރަވީ ސްކޫލުން އެއްވަނަ ހޯދި މަލީހަކީ، ކިޔެވުމާއި އިތުރު ހަރަކާތްތަކުން ވިދާލި ލީޑަރެކެވެ.. 2023 – 2024 ވަނަ އަހަރު ސީނިއަރ ޕްރެފެކްޓްކަމާއި ކައްތިރި ހައުސްގެ ކެޕްޓަންކަން އޭނާ ވަނީ އަދާކޮށްފައެވެ. އަދި ބިޒްނަސް ކުލަބުގެ ސެކްރެޓަރީކަމާއި، ސްޓޫޑެންޓް ކައުންސިލްގެ ޗެއާރ ޕާސަންއެވެ. މަލީހަކީ 2024-2025 ވަނައަހަރު ހުރަވީ ސްކޫލުގެ ކެޕްޓަނެވެ.
ގުރޭޑް 8އިންފެށިގެން ގުރޭޑް 10އާއިހަމައަށް ކޮންމެ އަހަރަކު ޓޮޕް10 ގެ 1ވަނައިގައި މަލީހުގެ ނަން ހިމެނިފައިވެއެވެ. ސާނަވީ ނިންމާ އިމްތިހާނުތަކުން 7 މާއްދާއިން އޭ ސްޓަރ. އެއް މާއްދާއިން އޭ އެއް ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ މަލީހު ވަނީ ހޯދާފައެވެ.
ސީއެޗްއެސްސީ ހުޅުމާލޭގެ ގުރޭޑް 11ގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ މަލީޙަކީ އެ ސުކޫލުގެ އިސްވާރުންގެތެރޭގައި ހިމެނޭ ޕްރިފެކްޓެކެވެ. މަލީޙުގެ އުންމީދަކީ އޭލެވެލް އިމްތިޙާނުން މުޅި ރާއްޖެއިން އެންމެމަތީ ވަނަ ހާސިލްކޮށް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލް ކުރުމެވެ.

ދެވަނަ ހޯދި މަންހާ، 2025 ވަނަ އަހަރު ހުރަވީ ސްކޫލުގެ ޑެޕިޔުޓީ ކެޕްޓަން ކަމާއި ސްޓޫޑެންޓް ކައުންސިލްގެ ވައިސްޗެއަރ ޕާރސަންކަމާއި، ސީނިއަރ ޕްރިފެކްޓްކަމާއި، ނާރެސް ކްލަބް ގެ ރައީސާގެ މަގާމު ވެސް އަދާކޮށްފައިވެއެވެ. މަންހާ ވަނީ ހުރަވީ ސްކޫލުން ދޭ ޑިސިޕްލިން އެވޯޑު ޙާޞިލުކޮށްފައެވެ. ކެޑޭޓް އެންސިއޯއެއްގެ ގޮތުގައި މަސައްކަތްކޮށް ކެޑޭޓު ސާޖެންޓު ރޭންކް ޙާޞީލުކޮށްފައެވެ. އަދި އޭނާ ވަނީ 2024 ވަނައަހަރު ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިން ހިންގި ފެޝަން ޑިޒައިން ޓޭލަރިންގް އިން ނެޝެނަލް ސެޓިފިކެޓް ލެވެލް 3 ޙާޞިލު ކޮށްފައެވެ.
2025 ވަނަ އަހަރު ހުރަވީ ސްކޫލުގެ 2ވަނަ ދަރިވަރުގެ މަޤާމް ހޯދި މަންހާ ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން 6 މާއްދާއިން އޭ ސްޓާރ، 2 މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.
ސީއެޗްއެސްއީ، ހުޅުމާލޭގެ ގުރޭޑް 11 ގައި ކިޔަވަމުންދާ މަންހާއަކީ އެ ސުކޫލުގެ ޕްރިފެކްޓެއްގެ އިތުރުން އިސްވާރެކެވެ. ސްކޫލު ދައުރު ނިންމުމަށްފަހު އޭނާ ކުރިއަށް ދާން ބޭނުންވަނީ ޞިއްޙީ ދާއިރާއިންނެވެ.
ތިން ވަނަ ހޯދި އިޝްޔާގެ ލީޑަރޝިޕް ދަތުރު ފެށުނީ 2021 ވަނަ އަހަރު ޖޫނިއަރ ޕްރިފެކްޓެއްގެ ގޮތުގައެވެ. 2022 ވަނަ އަހަރުން ފެށިގެން 2025 އަށް ސީނިއަރ ޕްރިފެކްޓެއްގެ ދައުރު އޭނާ އަދާކޮށްފައިވާއިރު، އިޝްޔާ އަކީ 2024-2025 ވަނަ އަހަރު ބަވަނަ ހައުސްގެ ކެޕްޓަންކަމުގެ ޒިންމާ އަދާ ކޮށްފައިވެއެވެ. މީގެ އިތުރުން ސްޓޫޑަންޓް ކައުންސިލްގައި ބަވަނަ ހައުސް ތަމްސީލުކޮށް، "ލީޑަރސް ޑޭ" އިންތިޒާމުކުރުމުގައި އިސްދައުރެއް އިޝްޔާ ވަނީ އަދާކޮށްފައެވެ. ކުޑައިރުން ފެށިގެން ފެތުމާއި ފީނުމަށް ލޯބިކުރާ އިޝްޔާ ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް އެންވަޔަރުމަންޓް ކްލަބްގެ ގްރޭޑް ރެޕްރެޒެންޓޭޓިވްކަން އަދާކޮށްފައިވެއެވެ.
ސާނަވީ ނިންމާ އިމްތިޙާނުތަކުން ހަ މާއްދާއިން އޭ ސްޓަރ، ދެ މާއްދާއިން އޭ ހޯދައިގެން އިޝްޔާ ވަނީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.
advertisment
ހިޔާލު