ދިރާސީ އައު އަހަރު 2027 ވަނަ އަހަރު ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލަށް ވަންނަ ހުޅުވާލައިފިއެވެ.
އެ ސްކޫލުން ބުނީ، 2027 ވަނަ އަހަރު އެ ސްކޫލަށް ވަނުމަށް އެޕްލިކޭޝަން ފޯމު، ޖުލައި މަހުގެ 10ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ.

ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލަށް ވަންނަން ހުޅުވާލީ ޕްރީ ނާސަރީ އުމުރުފުރައަށެވެ. ޖާގައިގެ ދަތިކަމާ ހުރެ ގުރޭޑް 1އިން ފެށިގެން 10އަށް ދެވޭނީ ވަރަށް މަދު ޖާގައެއްކަމަށް އެ ސްކޫލުން ބުނެއެވެ.

އެ ސްކޫލުން ބުނީ، އިތުރު މައުލޫމާތު އެ ސްކޫލުގެ ވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށާއި އެޕްލިކޭޝަން ފޯމް ހުށައެޅޭނީ ވެސް ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.
advertisment
ހިޔާލު