ތާޖުއްދީން ސްކޫލުން އެއްވަނަ އިޝާއަށް، ދެވަނައަށް ފައިހާ، ތިންވަނަ ރަޝަންއަށް

2025 ވަނަ އަހަރު ތާޖުއްދީން ސްކޫލުގެ އެއްވަނަ ދަރިވަރަކީ އާމިނަތު އިޝާ އިސްމާއިލެވެ. ދެވަނަ ހޯދީ ފާތިމަތު ފައިހާ އިބްރާހިމް އާދަމެވެ. ތިންވަނަ ލިބުނީ އަޙްމަދު ރައިޝަން މުޙައްމަދަށެވެ.

ތާޖުއްދީން ސްކޫލުގެ 2025 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަޙްމަދު އަމީނެވެ.

ތާޖުއްދީން ސްކޫލުން އެއްވަނަ ހޯދި އިޝާއަކީ، 2025-2024 ވަނަ އަހަރު އެ ސްކޫލުގެ އަންހެން ކެޕްޓަނެވެ. 2021 ވަނަ އަހަރުން ފެށިގެން ސްޑޫޓެންސް ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިޝާ، ރަންނަބަނޑޭރި ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަމުގެ ޒިންމާ އަދާކޮށްފައިވެއެވެ. އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތިނަން ހޯދާދީފައިވާ އިޝާއަށް 2025 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 5ވަނަ ލިބުނެވެ.

ދެވަނައަށް ދިޔަ ފައިހާއަކީ ވެސް 2021ން ފެށިގެން ސްކޫލް ލީޑަރސް ކައުންސިލުގެ މެމްބަރެކެވެ. 2022 ވަނަ އަހަރު ފާމްދޭރި ހައުސްގެ ޑެޕިއުޓި ކެޕްޓަނެވެ. 2023 ވަނަ އަހަރު ޓްރެފިކް ޑެޕިއުޓީ ލީޑަރުގެ ގޮތުގައި މަސައްކަތްކޮށް، ޖެހިގެން އައި 2024-2025 ވަނަ އަހަރު ޓްރެފިކް ލީޑަރުކަމުގެ ޒިންމާ އަދާކޮށްފައިވެއެވެ. ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން، ސްކޫލަށް ރީތިނަން ހޯދައިދެމުން އައި ފައިހާ ވަނީ 2025 އެއްވަނަ އަހަރު، ސާނަވި ނިންމާ އިމްތިޙާނުތަކުން އަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.

ތިންވަނައަށް ދިޔަ ރަޝަން ވެސް 2021ން ފެށިގެން ސްކޫލް ލީޑަރސް ކައުންސިލުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި ފާމްދޭރި ހައުސްގެ ކެޕްޓަން ކަމުގެ ޒިންމާ އަދާކުރިއެވެ. 2025 ވަނަ އަހަރު ބޭއްވި ސާނަވި ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ރަޝަންއަށް ލިބުނުއިރު، އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ އޭނާ ހޯދާފައިވެއެވެ.

ރަޝަންގެ އިތުރުން ކެމްބްރިޖް ލަރނަރސް އެވޯޑް، ދެވަަނަ ލޭންގްއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ މަރިޔަމް ދާނާ ހަމީދެއެވެ.


				

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *