ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އިން ދެވަނަ ޓާމުގައި ފަށާ އިތުރު ނުވަ ކޯހަކަށް ހުޅުވާލައިފިއެވެ.
އެފްއެޗްޓީއެސް ހުޅުވާލި އިތުރު ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 30 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ފަށާ އިތުރު ކޯސްތައް:
1- ބެޗްލަރ އޮފް އާރޓްސް އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
2- އެޑްވާންސްޑް ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
3- ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
4- ބެޗްލަރ އޮފް އާރޓްސް އިން ޓޫރިޒަމް މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ، ފުލްޓައިމް ބްލެންޑެޑް) – ކ. މާލެ
5- އެޑްވާންސްޑް ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ، ފުލްޓައިމް ބްލެންޑެޑް) – ކ. މާލެ
6- ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ، ފުލްޓައިމް ބްލެންޑެޑް) – ކ. މާލެ
7- ބެޗްލަރ އޮފް އާރޓްސް އިން ކަލިނަރީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
8- އެޑްވާންސްޑް ޑިޕްލޮމާ އިން ކަލިނަރީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
9- ޑިޕްލޮމާ އިން ކަލިނަރީ މެނޭޖްމަންޓް (ފުލްޓައިމް އީވްނިންގ) – ކ. މާލެ
މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެއެވެ. އަދި އިތުރު މަޢުލޫމާތު އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބޭނެއެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
advertisment
ހިޔާލު