ރިސަރޗް އިންޓަރންޝިޕް ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޕޯސްޓް ގުރެޖުއޭޓް ދަރިވަރުންނަށް ދޭން ނިންމައިފިއެވެ.
މި ފުރުޞަތު އައިޔޫއެމްއިން ހުޅުވާލީ، ޤައުމީ ރިސަރޗް ފަންޑުން ދޭ "އިމަރޖިން ރިސަރޗް ގްރާންޓްސް" ހަވާލުކުރަން ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.
އައިޔޫއެމްގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިއާ ވިދާޅުވީ، ރިސަރޗް އިންޓަރންޝިޕް ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އެ ޔުނިވަރސިޓީގައި ޕޯސްޓް ގުރެޖުއޭޓް ކޯސްތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސަރޗް އިންޓަރންޝިޕް ގޮތުގައި މަސައްކަތް ކުރުމުގެ ޤަވާއިދު މިހާރު އެކުލަވާލާފައިވާ ކަމަށާއި ރިސަރޗް އިންޓަރންޝިޕްގައި މަސައްކަތް ކުރާ ކޮންމެ ދަރިވަރަކަށް އެ ޕްރޮޖެކްޓެއްގެ ތެރެއިން އުޖޫރައެއް ލިބިގެންދާނެ ކަމަށާއި، އެ ދަރިވަރުން ވާނީ، ފެލެކްސިބަލްކޮށް ވޯކް ފޮރޮމް ހޯމްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ.

ޑރ، ޝާފިއާ ވިދާޅުވީ، ދިރާސާވެރިންނާއެކީ މަސައްކަތް ކުރުމުގެ ފުރުސަތަކީ ދިރާސީ ވެރިން އުފައްދަން ލިބޭ ފުރުޞަތެއް ކަމަށެވެ. ކޮންމެ ޕްރޮޖެކްޓެއްގައި ވެސް، ދިރާސާވެރިންނާއި އިލްމްވެރިންނާ އެއްކޮށް އެއް ފިޔަވަޅެއްގައި ހިނގަން ދަސްކޮށްދީ އެ ތަޖުރިބާތަކުގެ ތެރެއަށް ވަންނަން ދަރިވަރުންނަށް ހުޅުވާލުމަކީ އެއީ ޔުނިވަރސިޓީއަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.
ނެޝަނަލް ރިސަރޗް ގްރާންޓްގެ މެނޭޖަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރން ވިލާ ކޮލެޖެވެ. މިއިން ކޮންމެ އިންސްޓިޓިއުޝަނަކަށް 1.5 މިލިއަން ރުފިޔާ ދިރާސާތައް ކުރަން ދީފައިވެއެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ.
އައިޔޫއެމްއިން ވަނީ ޤައުމީ ރިސަރޗް ފަންޑުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީ ހަ ފަރާތަކަށް ހުށައެޅި ދިރާސާ ޕްރޮޕޯސަލްތަކަށް ދީފައެވެ.
advertisment
ހިޔާލު