ދެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބެނީ 90އަށްވުރެ މަތިން މާކްސް ލިބުމުން، ފާސްވާން މަދުވެގެން 39 މާކްސް ހޯދަންޖެހޭ
ޝަހާދާ އިއުދާދީއާއި ޝަހާދާ ސާނަވީގެ ގްރޭޑް ތްރެޝްހޯލްޑް ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
އަރަބިއްޔާ ސްކޫލުގައި ކިޔަވައިދޭ މާއްދާތަކުގެ ގްރޭޑް ތްރެޝްހޯލްޑް ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަންސް (ޑީޕީއީ)އިން އާންމު ކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ. "ގުރޭޑް ތްރެޝްހޯލްޑްސް" ކަނޑައަޅަނީ ކޮންމެ އިމްތިޙާނެއްގެ މާކިންގ ނިންމުމަށްފަހުއެވެ.
ސާނަވީގެ ގޮތުގައި ކިޔަވައިދޭ ޝަހާދާ އިއުދާދީގައި 15 މާއްދާ ކިޔަވައިދޭއިރު، އެ ހުރިހާ މާއްދާއެއްގެ ތްރެޝްހޯލްޑް ތަފާތެވެ. ހުރިހާ މާއްދާއަކުން ވެސް އޭ ސްޓަރ ދީފައި ވަނީ 90 އަށްވުރެ މަތިން މާކްސް ހޯދުމުންނެވެ. އޭ އެއް ލިބުނީ 80އަށްވުރެ މަތިން ހޯދުމުންނެވެ. ބީއިން ފެށިގެން ބައެއް މާއްދާތަކުގެ ތްރެޝްހޯލްޑަށް ބަލުތަކެއް ގެނެސްފައިވެއެވެ. އެވްރެޖް ގޮތެއްގައި ބީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 65އާއި 79އާ ދެމެދެއެވެ. ސީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50-65 އާ ދެމެދެވެ. ޑީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 39-49 އާ ދެމެދެވެ. އީ އެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 38-28 އާ ދެމެދެވެ. ޔޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 29- 27 އަށްވުރެ ދަށްވުމެވެ.
ޝަހާދާ އިއުދާދީގެ ގުރޭޑް ތްރެޝްހޯލްޑް

ޝަހާދާ ސާނަވީގެ ގްރޭޑް ތްރެޝްހޯލްޑަށް ބަލާއިރު، ހިސާބާއި ޤުރްއާން ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރ ދީފައި ވަނީ 90އަށްވުރެ މަތިން ލިބުމުންނެވެ. ޤުރްއާނުން އޭ ސްޓަރ ދީފައި ވަނީ 89އަށްވުރެ މަތިން ލިބުމުންނެވެ. ހިސާބުން އޭ ސްޓަރ ދީފައި ވަނީ 85އަށްވުރެ މަތިން ހޯދުމުންނެވެ. ޝަހާދާ ސާނަވީގައި ހިމެނޭ 19 މާއްދާގެ ތެރެއިން 4 މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ގުރޭޑް ދީފައި ވަނީ 80އަށްވުރެ މަތިން ހޯދުމުންނެވެ. މި ހަތަރު މާއްދާގެ ތެރޭގައި ހިމެނޭ ޤުރްއާން މާއްދާއިން އޭއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 88-70 އާ ދެމެދެވެ.
ޝަހާދާ ސާނަވީގެ ގްރޭޑް ތްރެޝްހޯލްޑް

advertisment
ހިޔާލު