ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ކުޑަކުދިންގެ ފީނުމުގެ ހަރަކާތެއް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން "ޑިސްކަވަރީ ބަބުލް"ގެ ނަމުގައި ފީނުމުގެ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

"ޑިސްކަވަރީ ބަބުލް" ހަރަކާތް ކުރިއަށް ގެންދަނީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި ކުރިއަށް ގެންދާ 'އޯޝަން ފެސްޓިވަލް' ގެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.

10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ކުރިއަށް ގެންދާ "ޑިސްކަވަރީ ބަބުލް" ހަރަކާތުން، ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ފުރުޞަތު ލިބިގެންދާނެ ކަމަށް  މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އެ މިނިސްޓްރީން ބުނީ، ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާއެކު އެއް ބެލެނިވެރިއަކު ހުންނަންވާނެ ކަމަށާއި އަދި ބައިވެރިވުމުގެ އިޤުރާރު ގައި ބެލެނިވެރިޔާ ސޮއިކުރަންވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *